Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހޮނިހިރު ދުވަހު އޮންނަ އިންތިޚާބަށް އަށް ލައްކައަށް ވުރެ ވޯޓު ކަރުދާސް ޗާޕުކޮށްފި

ހޮނިހިރު ދުވަހު އޮންނަ އިންތިޚާބަށް އަށް ލައްކައަށް ވުރެ ވޯޓު ކަރުދާސް ޗާޕުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ބޭނުންވާ އަށް ލައްކައަށްވުރެ ގިނަ ވޯޓު ކަރުދާސް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޗާޕުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ބުނީ، މި އޭޕްރީލް ހަތަރުވަނަ ދުވަހު ކުރިއަށްގެންދާ ވޯޓުލުމުގެ ހަރަކާތަށް ޖުމްލަ 888,845 ވޯޓު ކަރުދާސް ޗާޕްކޮށްފައިވާ ކަމަށާއި މުހިންމު މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދީފައި ވަނީ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާރސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

ތިން ކަމަކަށް ވޯޓުލުން ކުރިއަށްދާއިރު، ކޮންމެ ބަޔަކަށް ވަކިން ވަނީ ކަރުދާސް ޗާޕުކޮށްފައެވެ. އެގޮތުން، ކައުންސިލް އިންތިޚާބަށް 297,959 ކަރުދާސް ކަނޑައަޅާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކަށް ޚާއްސަކޮށްގެން 292,706 ކަރުދާސް ވަނީ ތައްޔާރުކޮށްފައެވެ. މީގެ އިތުރުން، އާންމު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ 298,180 ވޯޓު ކަރުދާހެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް