ކުކުޅު ފިހާރައިން ގަސް އިންދަން ބޭނުންވާ ހުރިހާ ސާމާނެއް

ކުކުޅު ފިހާރައިން ގަސް އިންދުމަށް ބޭނުންވާ ހުރިހާ ސާމާނެއް ވިއްކަން ފަށައިފިއެވެ.
ކުކުޅު ފިހާރައިން ބުނެފައިވާ ގޮތުގައި މިހާރު އެތަނުން ގަސް އިންދުމަށް ބޭނުން ކުރާ އެކި ސާމާނު ލިބޭނެ ކަމަށެވެ.

އެގޮތުން ގަހުގެ އިތުރުން ގަސް އިންދާ ޕޮޓް ވެސް ލިބޭނެ ކަމަށް އެ ފިހާރައިން ވަނީ ބުނެފައެވެ.

މިތަކެތި ވަރަށް އަގުހެޔޮކޮށް އެ ފިހާރައިގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށާއި ހަމައެހެންމެ ކުކުޅު ފިހާރައިގެ ހުރިހާ އައުޓްލެޓަކުން ލިބޭނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ.


މިކަމާއި ގުޅޭ ގޮތުން ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ ނަޝާތު ވިދާޅުވީ، މިކަމަކީ ކުކުޅު ފިހާރައިގެ އީމޯލްއިން އެ އިރެއްގައި އެންމެ ޑިމާންޑް ބޮޑު އެއްޗެއް ލިބުމުގެ މަގު ފަހި ކޮށްދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.

މާލެ އަދި ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި، ފިނިކުރި ކާބޯތަކެތި، ހޯލްސޭލް އަދި ރީޓެއިލް ކުރަމުން އަންނަ "ކުކުޅު ފިހާރަ" އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ފިހާރައެކެވެ. އެފިހާރައިގެ ވެބްސައިޓަކީ ވިޔަފާރީގައި މިހާތަނަށް އެންމެ ގިނަ މީހުން ބޭނުން ކުރާ އެއް ވެބްސައިޓެވެ.
"ކުކުޅު ފިހާރަ"ގެ ފިހާރަތައް ހަ ސަަރަހައްދެއްގައި މިހާރު ވަނީ ހުޅުވާފައެވެ. ކުކުޅު ފިހާރަ 1 ހުޅުމާލޭގައި ހުންނަ އިރު ކުކުޅު ފިހާރަ 2 ހުންނަނީ މާފަންނު އޭއެމްޑީސީ ކައިރީގައެވެ. ކުކުޅު ފިހާރަ 3 ހުންނަނީ ހެންވާރު ކަލާފާނު ހިނގުމުގަ އެވެ. 4 ވަނަ ފިހާރަ އއ. ތޮއްޑޫގައި ހުންނައިރު 5 ވަނަ ފިހާރަ ހުންނަނީ އައްޑޫ ސިޓީ ހިތަދޫ ގައެވެ. މީގެއިތުރުން "ކުކުޅު ފިހާރަ"އިގެ 6 ވަނަ ފިހާރަ ހުންނާނީ ރ. މަޑުއްވަރީ ގައެވެ.