ޚަބަރު

ކޮވިޑް-19: ކުރިނބީން ނެގި ހުރިހާ ސާމްޕަލް ނައްސި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހދ. ކުރިނބީގައި ހުއްޓާ ފައްސިވި ފުލުސް މީހާ އާ ކޮންޓެކްޓު ވުމުގެ ސަބަބުން އެރަށުން ކޮވިޑް19 އަށް ނެގި ހުރިހާ ސާމްޕަލް އެއް ނައްސިވެއްޖެއެވެ.

Ads by Sosun Fihaara

އެރަށުން ނަގާފައިވަނީ 13 މީހެއްގެ ސާމްޕަލްއެވެ.

އޮންލައިން ނޫހެއް ކަމަށްވާ "ތިލަދުން"ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިއްޔެ ފައްސިވި ފުލުސް މީހާ އާ ކުރިނބީ އިން ކޮންޓެކްޓު ވީ ޖުމްލަ 13 ފަރާތެއްގެ ސާމްޕަލް ނަގާފައިވާއިރު، އެ 13 މީހުންގެ ސާމްޕަލް ވެސް ވަނީ ނައްސިވެފައެވެ.

މި ކޭސް އާ ގުޅިގެން ކުޅުދުއްފުށިން ސާމްޕަލް ނެގި 10 މީހެއްގެ ތެރެއިން 2 މީހަކު ވަނީ ފައްސިވެފައެވެ. ކުޅުދުއްފުށިން ސާމްޕަލް ނަގާފައި ވަނީ 6 ފުލުހަކާއި، ފުލުހުންގެ ލޯންޗްގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި، އާންމުންގެ މީހެކެވެ.

އިއްޔެ ފައްސިވި ފުލުސް މީހާގެ ކޭސް އާ ގުޅިގެން ތިން އަތޮޅަކުން 150 މީހަކު ވަނީ އެކަހެރި ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!