ޚަބަރު

ޑިސެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ދެނީ

އައިޝަތު ރަފާ ، ދެން އޮންލައިން

މިއަހަރުގެ ޑިސެމްބަރ މަހާއި ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ދޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ މިއަހަރުގެ ޑިސެމްބަރު މަހާއި ހަމައަށް ސަޕޯޓް އެލަވަންސް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އިތުރަށް މުއްދަތު އިތުރު ކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރައްވާނެ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން މިހާރު ނިންމާފައިވާނެ، ޑިސެމްބަރާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް އެކްސްޓެންޑް ކުރަން، އިންކަމް ސަޕޯޓް އެލަވަންސް ލިބޭނެ ޑިސެމްބަރާ ހަމައަށް. އެކްސްޓެންޑް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކްސްޓެންޑު ވެސް ކުރާނަން." މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މިހާތަނަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 96 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށާއި، އޭގެ ތެރެއިން މަސްވެރިންނަށް ވެސް ފައިސާ ދީފައިވާ ކަން މިނިސްޓަރ އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އިިންކަމް ސަޕޯޓް އެލަވަންސް އަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދު ދަށްވުމާ ގުޅިގެން، ވަޒީފާ ގެއްލުނު މީހުންނާއި މުސާރަ އާއި އާމްދަނީއަށް އަސަރު ކުރި މީހުންނަށް މާލީ އެހީތެރިކަން ދިނުމުގެ ގޮތުން ސަރުކާރުން ތައާރަފުކޮށްފައިވާ އެލަވަންސެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!