ޚަބަރު

ޢަލީ ރަމީޒު ނަޝީދަށް: އައިއެސްއޭ ކިޔައިގެން ތިދައްކާ ވާހަކަތައް މިހާރު ބާވެއްޖެ، ތި ވާހަކަތައް މިހާރު ނުހިނގާނެ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ރާއްޖެއާ އައިއެސްއާ ގުޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ޢަލީ ރަމީޒު އަނެއްކާ ވެސް ރައްދެއް ދީފިއެވެ.

Ads by MWSC

ރާއްޖޭގައި އައިއެސް ޖަމާއަތް ފުޅާކޮށް އައިއެސްގެ ދަށަށް މިގައުމު ގެންދަން އުޅޭ ކަމަށް ތުހުމަތުކޮށް ތަކުރާރުކޮށް ވާހަކަފުޅު ދައްކަވަމުން ގެންދަވާ ރައީސް ނަޝީދު މިއަދު ވެސް ވަނީ މި ސިލްސިލާއަށް ބޮޅެއް އިތުރުކޮށްފައެވެ. އެގޮތުން މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ބޭރުގެ ދީނީ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބައިނަލްއަގުވާމީ އާއިލާއާ ރާއްޖެ އެކަހެރި، ރާއްޖެ ހިފަން މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގައި ދިވެހި ބައެއް ސިޔާސީ ޕާޓީތަކުން ވެސް ބައިވެރިވާ ކަމަށެވެ.

މިވާހަކަފުޅަށް ރައްދު ދެއްވާ ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ދީނީ ދައުވަތު ފެތުރުމުގައި މިހާރު އިސްކޮށް މަސައްކަތް ކުރައްވާ ޢަލީ ރަމީޒު ވިދާޅުވީ އައިއެސްއޭ ނުވަތަ އަލްޤައިދާއޭ ކިޔައިގެން ރައީސް ނަޝީދު ދައްކަވާ ވާހަކަ މިހާރު ބާވެއްޖެ ކަމަށާއި އެ ވާހަކަތައް މިހާރު އާންމުންގެ މެދުގައި ނުހިނގާނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ނުލަފާ ރޭވުންތައް ދަނީ ހާމަވަމުން ކަމަށް އަލީ ރަމީޒު ވަނީ ފާހަގަ ކޮށްފައެވެ.

ޓްވިޓާ މެދުވެރިކޮށް އަލީ ރަމީޒު ދިން މި މެސެޖުގައި އޭނާ ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ފާޅު ކުރާމުންދާ ޝުއޫރު ތަކުރާރު ކޮށްފައެވެ.

Ads by Ooredoo
  1. އެބުނާ ޖަމާއަތަކީ ކޯލިށަންސަރުކާރާ އަވަށޓެރި ގައުމެއް

  2. ބޯހަލާކު

    ކަލޭ ޖަހާ ސަކަރާތ ޖަހާ ދީނީއިލްމު ވެރިންނާނުބެހޭތ

  3. ކަނބުލޮ

    އަސްލުވެސް ތީ ހަމަ ތެދެއް.

  4. ޙަސަން

    ދިވެހި ރާއްޖޭގައި އައިސިސް ޖަމާއަތް ފުޅާކުރުމުގެ ފުރުސަތެއް އެއްވެސް ދިވެހި ދަރިއަކު ދީގެންނުވާނެ. ދީނީ ހައްދުފަހަނައަޅާފައިވާ މީހުންނަށް ރައްދުދެވޭވަރުގެ ޤާބިލު ދިވެހި ސިފައިންނާއި ފުލުހުން ރާއްޖޭގައި ކޮންމެހެންވެސް ތިބެންޖެހޭނެ. ޢޭރުން ބޭރުބައެއް ރާއްޖޭގެ ސަލާމަތީކަންކަން ބަލަހައްޓަންޖެހޭ ހިސާބަށްނުގެންގޮސްވާނެ. ބައިނަލް އަގުވާމީ ފަރާތްތަކަށް އެކަން ކޮންމެހެންވެސް ކަށަވަރުކޮށްދޭންޖެހޭނެ. ނޫންނަމަ ދިވެހިރާއްޖެ ވެސް ލީބިޔާ، ސީރިޔާ، އީރާގް، އަލްޖީރިޔާ އަދި ޔަމަން ފަދަ ގައުމުތައް ފަދައިން ހަލާކުގެތެރެއަށް ހުށައެޅޭނެކަން ބައިނަލްއަގްވާމީ ސިޔާސަތުތަކާއި ސްޓްރެޓެޖީ ކިޔަވައިގެންތިބި ދިވެހި ރައްޔިތުންނަށް ސާފު. އެކަން ލަވަކިޔަވަން އުޅުނުފަރާތްތަކަށް ނޭގިދާނެ.