ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފިއެވެ.
މިއަދު ހެނދުނު 8:00 ގައި ވޯޓުލާން ފަށާފައިވާއިރު، ވޯޓު ފޮށިތައް ބަންދު ކުރާނީ ހަވީރު 4:00 ގައެވެ. މި އިންތިޚާބު އޮންނާނީ މައިގަނޑު ފަސް ސަރަޙައްދެއްގައެވެ.
އޭގެ ތެރޭގައި ކައުންސިލް އިންތިޚާބު އޮންނަ ބ. ދޮންފަނުގެ އަންހެނުންނަށް ޚާއްޞަ ގޮނޑިއާއި، ފުވައްމުލަކު ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ހިމެނެއެވެ. އޭގެ އިތުރުން ޑަބްލިއުޑީސީ އިންތިޚާބު ބާއްވަނީ ހއ. ކެލާގެ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރަކު އިންތިޚާބު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބަޔާންކުރާ ގޮތުގައި، މި އިތުރު ބުރެއް ބާއްވަން ޖެހުނީ، ކުރިން ބޭއްވި އިންތިޚާބުގައި އިންތިޚާބުކުރަން ކަނޑައެޅިފައިވާ ޢަދަދަށްވުރެ ގިނަ ބޭފުޅުންނަށް ހަމަހަމައަށް ވޯޓު ލިބިފައިވުމުގެ ސަބަބުންނެވެ. އިންތިޚާބުގެ ރަސްމީ ނަތީޖާ އާދިއްތަ ދުވަހު އިޢުލާންކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.