ފަޅުރަށަކުން 5 ފޫޓު ދިގު ކިނބުލެއް ފެނިއްޖެ
ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަކުން ފެނުނު 5 ފޫޓު ދިގު ކިނބުލެއް ފެނިއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، މި ކިނބޫ ފެނިފައި ވަނީ މިއަދު ހެނދުނު 07:00 އެހާއިރު ޑިންގީއެއްގައި އެރަށަށްދިޔަ ބަޔަކަށް ކަމަށެވެ. ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ. ނައިފަރަށް ގެންގޮސްފައި ކަމަށް ވެސް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައި ވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރުކަމަށައި މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ. މާފިލާފުއްޓަށް ގެނެސްފައި ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެއެވެ.