Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނޫސްވެރިކަމުގެ ނިވަލުގައި ތިބެ ފިތުނަ އުފައްދާ ފަރާތްތަކާމެދު ފިޔަވަޅު އެޅެންޖެހޭ: ޑރ. ޚަލީލް

ނޫސްވެރިކަމުގެ ނިވަލުގައި ތިބެ ފިތުނަ އުފައްދާ ފަރާތްތަކާމެދު ފިޔަވަޅު އެޅެންޖެހޭ: ޑރ. ޚަލީލް

ރާއްޖޭގައި ނޫސްވެރިންނަށް ވުމުގެ ވަކި މިންގަނޑެއް ނެތުމުގެ ސަބަބުން، މިނިވަން ނޫސްވެރިކަމުގެ ނަމުގައި މީހުންގެ ބޮލުގައި ދޮގު އިލްޒާމުތައް އަޅުވައި ފިތުނަ އުފައްދާ މީހުންގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކުން ބަލަންޖެހޭނެ ކަމަށް ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މީސްމީޑިއާ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ޑރ. ޚަލީލް ފާހަގަކުރެއްވި ގޮތުގައި، ޒިންމާދާރުކަން ކުޑަ މަދު ނޫސްވެރިންތަކެއްގެ ޢަމަލުތަކުގެ ސަބަބުން މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ވީދި، އާންމުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި އަޚުލާޤު ދަނީ ގެއްލެމުންނެވެ. އަދި މިފަދަ ފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ދާއިރާއަށް ހުތުރު ނަން ލިބެމުންދާކަމާމެދު އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

https://twitter.com/abkhaleel/status/2048810458178847211

Advertisement
Ooredoo — Square (box)

ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި މިފަދަ ދަށުދަރަޖައިގެ ކަންކަން ހިނގަން މެދުވެރިވާ މައިގަނޑު ސަބަބެއްކަމަށް ޚަލީލް ސިފަކުރެއްވީ، ނޫސްވެރިންނަށް ވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޚާއްޞަ ތަމްރީނެއް ނުވަތަ ކަނޑައެޅިފައިވާ ވަކި ޝަރުޠުތަކެއް ނެތުމެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރަން ވާނީ އެކަށީގެންވާ ތަޢުލީމާއި ހުނަރު ލިބިފައިވާ ޤާބިލު ބައެއްކަމަށެވެ.

ޤައުމުގެ އިޖުތިމާޢީ ފޭރާން ހިފެހެއްޓުމުގައި ތެދުވެރި އަދި މިނިވަން ނޫސްވެރިކަމެއްގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވަމުން، ޑރ. ޚަލީލް ވަނީ ޒިންމާދާރު ނޫސްވެރިކަމެއްގެ މުހިންމުކަން ހާމަކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް