Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިޔާސީ އެޖެންޑާއެއް ހާސިލުކުރުމަށް "އަދަދު" ނޫހުން މަސައްކަތްކުރާ ކަމަށް ޝިޔާމް ތުހުމަތުކުރައްވައިފި

ސިޔާސީ އެޖެންޑާއެއް ހާސިލުކުރުމަށް "އަދަދު" ނޫހުން މަސައްކަތްކުރާ ކަމަށް ޝިޔާމް ތުހުމަތުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުކޮށް ހަގީގަތާ ހިލާފު ތުހުމަތުތަކެއް ފަތުރައި، އެ މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް އިންކާރުކޮށްފައިވާތީ، "އަދަދު" ނޫހަކީ ނޫސްވެރިކަމުގެ ނިވަލުގައި ސިޔާސީ އެޖެންޑާއެއް ހިންގަމުންދާ ފަރާތެއްކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް މިއަދު ސިފަކުރައްވައިފިއެވެ.

ވެރިކަންކުރާ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވަނީ، ދާދިފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާ ހަމައަށްވެސް އިދިކޮޅު އެމްޑީޕީގެ ފަރާތުން ފެންނަންޖެހޭ ސިޔާސީ ހަރަކާތްތެރިކަން ފެނިފައިނުވާކަން ފާހަގަކުރައްވާފައެވެ. އޭގެ ބަދަލުގައި، އިދިކޮޅު ޕާޓީގެ ދައުރު ފުރިހަމަކުރަމުން ދިޔައީ "އަދަދު" ނޫހުން ކަމަށާއި، އެ އިދާރާގެ އިސްވެރިންވެސް އެކަމާ މެދު ފަހުރުވެރިވެ ވަކާލާތުކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އަރައިގަތުމުގެ ގޮތުން އެ ނޫހުން އާންމުކުރި ވީޑިއޯ ރިޕޯޓާ ގުޅިގެން، އެ ކަމުގައި ޝާމިލުވާ ފަރާތްތައް ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން ތިބީ ހަނުކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، އެފަދަ ބޮޑެތި ތުހުމަތުތަކެއްކޮށް މުޖުތަމައުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާއިރު، ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި އަމަލުކުރާ އުސޫލުން މަސްދަރު ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން އޭނާ ހަނދާންކޮށްދެއްވިއެވެ.

Advertisement
Ooredoo — Truecaller (box)

މަސްދަރު ހާމަކުރަން ނުކެރުމަކީ އެ ނޫހުން ސީދާ ސިޔާސީ ބޭނުމެއްގައި ހިންގި އަމަލެއްކަން ސާބިތުކޮށްދޭ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ދާއިރާއަށް އާންމުން ކުރާ އިތުބާރު ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން، ސަރުކާރުން އެފަދަ ކަންކަމާ ފަސްނުޖެހޭނެކަމުގެ ޔަގީންކަން ޝިޔާމް ދެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް