ވިޔަފާރި

އެއާލައިންތަކަށް ލުއިކޮށްދޭން ޖެޓްފިއުލްގެ އަގު ހެޔޮކޮށްފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
އަޒަރުބައިޖާންގެ ގައުމީ އެއާލައިން/ ފޮޓޯ: އޭވިއޭޝަން ނިއުސް

ރާއްޖެ އަންނަ އެއާލައިންތަކަށް ލުއިކޮށްދޭން ޖެޓްފިއުލްގެ އަގުތައް ހެޔޮކޮށްފައިވާ ކަމަށް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by Allied

ކްރައިސިސް ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޖެޓްފިއުލްގެ އަގު ބޮޑުވުމުގެ ޝަކުވާ ލިބެމުންދާތީ މިކަމުން ކުރިމަތިވެދާނެ ދަތިތަކުން އަރައިގަންނަން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެމްއޭސީއެލްއާއެކު ސަރުކާރުން ކުރި މަސައްކަތުގެ ދަށުން ޖެޓްފިއުލްގެ އަގު ވަނީ ލިޓަރަކުން 0.25 ސެންޓް ހެޔޮކޮށްފައެވެ.

"މީގެން ދައްކުވައި ދެނީ ހަނގުރާމައިގެ ހާލަތު ބަދަލު ހުޅުވެމުންދ ވަރަކަށް އަޅުގަނޑުމެންގެ ރާއްޖެއަށް ވަމުން ދިޔަ ގެއްލުން ކުރިއަށް އޮތް މުސްތަގުބަލުގައި އިރާދަކުރެއްވިއްޔާ ހަފުތާ ނޫނީ ތިން ހަފުތާއިން ވެސް އަލިމަގެއް ފެންނާނެކަމުގެ  ނިޝާންތައް މި ފެންނަނީ،" އަމީން ވިދާޅުވިއެވެ.

ޖެޓްފިއުލް އަކީ ސާފުނުކުރާ ތެލުން އުފައްދާ އެއްޗަކަށް ވާތީ، ބްރެންޓް ކުރޫޑްގެ އަގު މައްޗަށް ދިއުމުން ޖެޓްފިއުލްގެ އަގުވެސް އުފުލެއެވެ. މިދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެ ސަޕްލައިއަށް އަންނަ ބަދަލުތަކާ ގުޅިގެން މި އަގަށް ލޮޅުން އަރައެވެ. ކޮވިޑަށްފަހު ބައިނަލްއަގުވާމީ ދަތުރުފަތުރުތައް އާދަޔާ ހިލާފަށް އިތުރުވެފައިވުމުން، ޖެޓްފިއުލްއަށް އޮތް ޑިމާންޑް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. ހާއްސަކޮށް ޗުއްޓީ ދުވަސްވަރުގައި އެއަރލައިންތަކުން ބޭނުންވާ ތެލުގެ މިންވަރު އިތުރުވުމަކީ އަގު މައްޗަށް ދާ ސަބަބެކެވެ.

Ads by Allied Insurance