އޭޑީބޭގެ އެހީގައި ހިންގާ ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
ދިވެހި ސަރުކާރުން އޭޝިއަން ޑިވޮލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގާ ބޮޑު ޕްރޮޖެކްޓް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެންހޭންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން، ޑިޒައިން ސަޕްލައި އަދި އިންސްޓޯލޭޝަން އޮފް ރޭޑާ ސިސްޓަމް-(ރޭޑާ ޓަވަރ ބިލްޑިންގގެ ސިވިލް ވޯކްސް، ޓްރޭނިންގ، އަދި މެންޓެނަންސް އަދި ރިޕެއާ ހިދުމަތްތައް ހިމެނޭހެން)ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިން (އޯސީބީ)އުސޫލުގެ މަތިން، ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ.
އެ ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ 14ވަނަ ދުވަހުގެ 11:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރ ޑިޕާޓްމަންޓުގެ ޖަލްސާކުރާ މާލަމުގައެވެ.
ކޮވިޑާއި މެދު އިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ފުޑް ސެކިއުރިޓީގެ ކަންކަން ހަރުދަނާކުރަން ސަރުކާރުން މިހާރު ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.