Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ޕާޓީގެ މެންބަރުން ރުހޭނަމަ، ވަގުތީ ޗެއަރގެ މަގާމު ބޭނުން: ނަޝީދު

ޕާޓީގެ މެންބަރުން ރުހޭނަމަ، ވަގުތީ ޗެއަރގެ މަގާމު ބޭނުން: ނަޝީދު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ގައުމީ މަޖިލީހުގެ މެންބަރުން ރުހޭނަމަ، އެ ޕާޓީގެ ވަގުތީ ޗެއަރ ޕަރސަންގެ މަގާމު ފުރުމަށް ޝައުވެރިވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ފޮނުއްވި މެސެޖެއްގައެވެ.

"ގައުމީ މަޖިލީހުގެ މެންބަރުން ގަބޫލުނަމަ، ވަގުތީ ޗެއަރކަން ކުރުމަށް އަޅުގަނޑުގެ އިއުތިރާޒެއް ނެތް،" ރައީސް ނަޝީދުގެ މެސެޖުގައިވެއެވެ.

Advertisement
Ooredoo — Square (box)

އެ ގުރޫޕުގައި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް ފަސްކުރުމާ ގުޅޭގަތުން ދެކެވުނު ވާހަކަތަކަށް، އެކި މެންބަރުގެ ޚިޔާލުތައް ހުށަހެޅެމުން ދިޔައެވެ. އެ ގޮތުން ރައީސް ނަޝީދުއަށް ތާއީދު ކުރައްވާ ބައެއް މެންބަރުން ވަނީ ގަޕޯގެ އިސްތިއުފާއަށް ވެސް ގޮވައިލާފައެވެ. އަދި މީސްމީޑިއާގައި ވެސް ބަހުގެ ހަމަލާތަކެއް މި މައްސަލައާ ގުޅިގެން ވަނީ ދައުރުވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް