ވިޔަފާރި

ވައިގެ ދަތުރުފަތުރަށް ބުރޫއަރާ ދުވަސްވަރުގައި ދަތުރަށް ފުރާނެ މޮޅު ގޮތް  

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެދުއިރުމަތީގައި ފަށައިގެން ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބޮޑު ސަރަހައްދެއްގެ ވައިގެ ދަތުރުފަތުރަށް ބުރޫ އަރައިފިއެވެ. މެދުއިރުމަތީގެ އޮންނަނީ 3 ބައްރުގެ މެދުގައި ކަމަށް ވާ އިރު، މިއީ ދުނިޔޭގެ ހުރިހާ ދިމާލަކުން ވެސް މަތިންދާބޯޓު އައިސް ޓްރާންސިޓުކުރާ މަންޒިލުތަކެކެވެ. ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ އެއް މަގަކީ މިއެވެ. އަދި ދިވެހީންގެ ތެރެއިން ވިލާތަށް ދާ މީހުން ވެސް ގިނައިން ދަނީ މިހެންނެވެ. އެތައް ދިވެހީންނެއް ދުބާއީ ފަދަ މެދުއިރުމަތީގެ މަންޒިލުތަކަށް ޗުއްޓީއަށް ވެސް ދެއެވެ. 

Ads by Allied

ކޮންމެއަކަސް، މަސްރަހު ގޯސްވެ އޭގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި އެއާޕޯޓުތައް ބަންދުކުރުމާއެކު ރާއްޖެއަށް ވެސް އަސަރުކުރިއެވެ. އެތައް ފްލައިޓުތަކެއް ކެންސަލްވިއެވެ. ލަސްވިއެވެ. ރީޝެޑިއުލް ކުރަން ޖެހުނެވެ. ދިވެހީންގެ ތެރެއިން ދަތުރުކުރަން ތައްޔާރުވެ ތިބި މީހުންނަށް ވެސް އެކަމުގެ އުނދަގޫ ކުރިމަތިވާނެކަން ޔަގީނެވެ. މިހާރު އެއާލައިންތަކުން ދަނީ މަޑުމަޑުން އޮޕަރޭޝަންތައް ފަށަމުންނެވެ. އެކަމަކު ހާއްސަ އެންގުމަކާއެކުގައެވެ: "ހާލަތު ކޮންމެ ވަގުތެއްގައި ވެސް ބަދަލުވެދާނެއެވެ. ކުއްލިއަކަށް ފްލައިޓު ދަތުރުކުރާ މަގު ބަދަލުކުރަން ޖެހި، ޑިލޭ އަތުވެދާނެއެވެ. ކުއްލިއަކަށް ކެންސަލް ވެސް ވެދާނެއެވެ. ދަތުރަށް ތައްޔާރުވާ އިރު ސަމާލުވާށެވެ." 

ޓްރެވަލް ޕްރޮޓެކްޝަން ޕްލޭނެއް އޮތުމުގެ މުހިންމުކަން، މިފަދަ ހާލަތެއްގައި ވަރަށް ބޮޑަށް އެބަ ހާމަވެއެވެ. 

އެލައިޑްގެ ޓްރެވަލް ތަކާފުލްއަކީ ދަތުރުވެރިންނަށް މާލީ ރައްކާތެރިކަމާޢި ސިކުނޑިއަށް ހަމަޖެހުން ގެނައުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. ކުއްލިއަކަށް ދިމާވާ ހާލަތަކުން ދަތުރަށް ބުރޫ އަރައިފި ނަމަ، އެކަމުގެ މާލީ ބުރަ އުފުލަން ނުޖެހޭނެ ފަދަ ކަންކަން މި ޕްލޭނުގައި ހިމެނެއެވެ. 

އެލައިޑްގެ ޓްރެވަލް ތަކާފުލްގައި 3 ޕެކޭޖެއްވެއެވެ. އެ 3 ޕެކޭޖުން ކަވަރޭޖު ފޯރުކޮށްދޭ މަންޒިލުތައް ތިރީގައި މިވަނީއެވެ. 

1. ކޮންޓިނެންޓަލް: އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް 

2. އެލީޓް: އެމެރިކާ އަދި ކެނެޑާ ފިޔަވާ އެހެން ހުރިހާ ގައުމުތަކަށް 

3. ޕްރިމިއާ: ދުނިޔޭގެ ހުރިހާ ގައުމުތަކަށް 

މިއިން ކޮންމެ ޕެކޭޖެއްގައި ވެސް، ދަތުރަށް އަރާ ބުރޫތައް ނުވަތަ ތަފާތު "ޑިސްރަޕްޝަން"ތަކަށް ކަވަރޭޖު ލިމިޓުތައް އެކަށައަޅާފައި ހުރެއެވެ. 

 

 

އެގޮތުން، ތަކާފުލް ސެޓުފިކެޓުގައިވާ ފަދަ ސަބަބެއް މެދުވެރިވެ "ޓްރިޕް ކެންސެލޭޝަން" ނުވަތަ ފްލައިޓު ކެންސަލްވެ، ދަތުރު މުޅިން ކެންސަލްވެއްޖެ ނަމަ ތިރީގައި މިވާ މިންވަރުތަކަށް ބަދަލު ލިބޭނެއެވެ: 

1. ކޮންޓިނެންޓަލް: 500 ޑޮލަރާ ހަމައަށް 

2. އެލީޓް: 500 ޑޮލަރާ ހަމައަށް 

3. ޕްރިމިއާ: 750 ޑޮލަރާ ހަމައަށް 

މިހާރުގެ ހާލަތުގައި، ޝެޑިއުލް ކުރަމުން އަންނަ ފްލައިޓުތައް ޑިލޭވުން ނުވަތަ ލަސްވުމަކީ ވެސް ހިނގުން ވަރަށް ގާތް ކަމެކެވެ. ޑިލޭއެއް މެދުވެރިވެއްޖެ ނަމަ އަތުން ވަރަށް ބައިވަރު އިތުރު ޚަރަދުތަކެއް ދާނެއެވެ. އެގޮތުން އެކޮމޮޑޭޝަން ހޯދުމާއި، ކާބޯތަކެތީގެ ހަރަދުތައް ފަދަ ކަންކަމެވެ. އެލައިޑްގެ ޓްރެވަލް ތަކާފުލްގައި ތިރީގައި މިވާ މިންވަރުތަކަށް ޓްރެވަލް ޑިލޭއަށް ބަދަލު ލިބޭނެއެވެ: 

1. ކޮންޓިނެންޓަލް: 250 ޑޮލަރާ ހަމައަށް (ސަބް-ލިމިޓަކީ ކޮންމެ 12 ގަޑިއިރަކަށް 50 ޑޮލަރު) 

2. އެލީޓް: 500 ޑޮލަރާ ހަމައަށް (ސަބް-ލިމިޓަކީ ކޮންމެ 12 ގަޑިއިރަކަށް 100 ޑޮލަރު) 

3. ޕްރިމިއާ: 750 ޑޮލަރާ ހަމައަށް (ސަބް-ލިމިޓަކީ ކޮންމެ 12 ގަޑިއިރަކަށް 150 ޑޮލަރު) 

މީގެ އިތުރުން، 24 ގަޑިއިރު ފަހުން ދަތުރު ކުރިއަށް ނުގެންދަން އަމިއްލައަށް އިޚްތިޔާރު ކުރައްވައިފި ނަމަ، "ޓްރިޕް ކެންސަލޭޝަން" ކަވަރޭޖު މިންވަރަށް ބަދަލު ލިބޭނެއެވެ. 

މީގެ އިތުރުން، މިހާރުގެ ހާލަތުގައި ފްލައިޓު ޝެޑިއުލްތައް ކުއްލި ކުއްލިއަށް ބަދަލުވަމުން ދާ އިރު،  މި ބަދަލުތަކާ ހުރެ ދަތުރުވެރިންގެ ކަނެކްޓިންގް ފްލައިޓުތައް މިސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ފުރުން ނުވަތަ ކަނެކްޝަން މިސްވެއްޖެ ނަމަ، ތިރީގައިވާ މިންވަރުތަކަށް ބަދަލު ލިބޭނެއެވެ: 

1. ކޮންޓިނެންޓަލް: 300 ޑޮލަރާ ހަމައަށް 

2. އެލީޓް: 500 ޑޮލަރާ ހަމައަށް 

3. ޕްރިމިއާ: 500 ޑޮލަރާ ހަމައަށް 

ޗުއްޓީއަށް ނުވަތަ ވިޔަފާރިއަށް ވިޔަސް ދަތުރެއްގައި ފުރުމަކީ އުފާވެރި، ހިތްހަމަޖެހޭ ތަޖުރިބާއަކަށް ވާން ވާނެއެވެ. ނަމަވެސް އަހަރެމެންގެ ބާރުގައި ނުހިމެނޭ، ތަފާތު ކަންކަން ދުނިޔޭގައި ހިނގަމުން ދާ އިރު އޭގެ އަސަރުތައް ގިނަ ބަޔަކަށް ކުރާކަން ހާމަވެއްޖެއެވެ. ޓްރެވަލް ތަކާފުލް ޕްލޭނަކުން ދޭ ޔަގީންކަމަކީ މިފަދަ ހާލަތެއް ކުރިމަތިވި ނަމަވެސް، އޭގެ މާލީ ބުރަ އަމިއްލައަށް އުފުލަން ނުޖެހޭނެކަމެވެ. 

އެލައިޑް ތަކާފުލްގެ ޓްރެވަލް ތަކާފުލް ޕްލޭނެއް އެދެން ބޭނުންވާނަމަ "މައި އެލައިޑް" ޕޯޓަލްއާ އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ނަގާލެވޭނެއެވެ. ނޫނީ އިތުރު މައުލޫމާތު ހޯދުމަށް 1600 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

Ads by Allied Insurance