ސިޔާސީ

ރައީސް ނަޝީދަކީ ސިޔާސީ މަންފާއެއް ހޯދުމަށް މަގުމަތީ މުޒާހަރާ ކުރަންޖެހުނަސް، ކުރާނެ ވެރިއެއް: އިންތި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ސިޔާސީ މަންފާއެއް ހޯދުމަށް މަގުމަތީ މުޒާހަރާ ކުރަންޖެހުނަސް, ކުރާނެ ވެރިއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by Allied

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމުގައި ރައީސް ނަޝީދުގެ ސިޔާސީ ޙަޔާތްޕުޅާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިންތި ފާހަގަކުރެއްވި ގޮތުގައި، އެހެން ބައެއް ސިޔާސީ ފަރާތްތަކާ ޚިލާފަށް ރައީސް ނަޝީދަކީ އަބަދުވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވައިގެން، އުނދަގޫ މަރުޙަލާތައް ކަޑައްތުކުރައްވައިގެން ކުރިއެރުން ހޯއްދަވާފައިވާ ނަމޫނާ ލީޑަރެކެވެ.

"ރައީސް ނަޝާދަކީ އެހެން ބަޔަކު ކުރާ މަސައްކަތުގެ މަންފާ ނަންގަވައިގެން "ހިހޫތަނުން ކައިގެން" ސިޔާސީ މައިދާނުގައި ކުރިއަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން." އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ ޕްރައިމެރީއާ ހަމައަށް ޕާޓީގެ ޗެއާޕާސަންގެ މަޤާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ވެސް ރައީސް ނަޝީދު ހުންނެވީ ތައްޔާރަށްކަން މިހާރު ވަނީ ހާމަވެފައެވެ. މިކަމުން ވެސް ސާބިތުކޮށްދެނީ، އުނދަގޫ ދަނޑިވަޅުތަކުގައި ޒިންމާތަކުން ރެކިވަޑައިގަތުމުގެ ބަދަލުގައި، އިސްނަންގަވައިގެން އަމަލީ މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އަބަދުވެސް އިސްކަންދެއްވާކަމެވެ.

Ads by Allied Insurance