ވިޔަފާރި

މިމަހުގެ ފުރަތަމަ ހަފުތާގައި ޓޫރިޒަމް % 16.5 ދަށްވުމެއް

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓް އާއިލާއަކަށް އިމިގްރޭޝަނުގެ އޮފިސަރަކު ހިދުމަތް ދެނީ / ފޮޓޯ:އިމިގްރޭޝަން

މި މަހުގެ ފުރަތަމަ ހަ ދުވަހު މިދިޔަ އަހަރާ އަޅާބަލާއިރު ޓޫރިޒަމަށް 16.5އިންސައްތައިގެ ދަށްވުމެއް އައިސްފައިވާ ކަމަށް ދައްކައިފިއެވެ.

Ads by Allied

ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު މައުލޫމާތުތަކަށް ބަލާއިރު މި އަހަރު ވަނީ 29,818ޓޫރިސްޓުން އައިސްފައެވެ. ނަމަވެސް މި އަދަދަކީ ކުރީ އަހަރުގެ މި މުއްދަތުގައި އައިސްފައިވާ  35,718ޓޫރިސްޓުންނާ އަޅާބަލާއިރު 16.5ޕަސެންޓުގެ ދަަށްވުމެކެވެ.

މިއަހަރުގެ ފުރަތަމަ ދެ މަހު ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބާރަށް ކުރިއަށް ދިޔަ ނަމަވެސް، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މާރިޗު އަދި އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ވަނީ ދަށްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ އޭޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރީ 147,600ފަތުރުވެރިންނެވެ. މިއީ 2025ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 25.6އިންސައްތައިގެ ދަށްވުމެކެވެ.

މި އަހަރު ޓޫރިޒަމް ދަށްވާ މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ވައިގެ މަގު ބަންދުވުން: ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރުމުގެ ސަބަބުން، ޔޫރަޕުން ރާއްޖެއަށް އަންނަ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްކޮށް ނުވަތަ ރޫޓު ބަދަލު ކުރުން ހިމެނެ އެވެ. އަދި  ކަނެކްޓިން ފްލައިޓްތަކަށް އަސަރުކުރުން: ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އުފުލާ ދުބާއީ، ގަތަރު އަދި އަބޫދާބީ ފަދަ ހަބުތަކުން ކުރާ ދަތުރުތަކަށް ބުރޫއެރުމުން ޔޫރަޕާއި އެމެރިކާގެ މާކެޓަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ.

Ads by Allied Insurance