ޚަބަރު

ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަނދަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: މެރައިން ޕޮލިސް

ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.

Ads by Allied

ފުލުހުންގެ ޚިދުމަތުން ބުނީ، މިއަދު 13:30ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއަރ 2"ނަމަކަށްކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން، މެރައިން ޕޮލިސްއިން ހަރަކާތްތެރިވާ ކަމަށެވެ. އަދި އަލިފާން ނިއްވާލުމުގައި އެފްއެސްއެމްގެ އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.

ޤައުމީ ދިފާއީ ބާރުން ބުނީ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Ads by Allied Insurance