ވިޔަފާރި

މި އަހަރުގެ ކްރޫޒްލައިނާތަކުން 13،000 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް

ފާތިމަތު އަފްނާން ، ދެން އޮންލައިން
ރާއްޖެއައި ކްރޫޒް ލައިނާ--

މި އަހަރުގެ މިހާތަނަށް ކްރޫޒްލައިނާ ތަކުން 13،000އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

Ads by Allied

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރު 13,808ޓޫރިސްޓުން އައިސްފައިވާއިރު، މިއީ ކުރީ އަަހަރާ ބަލާއިރު ބޮޑު އިތުރުވުމެކެވެ.

ރާއްޖެއަށް 2020އަހަރުގެ ކުރީކޮޅު ގިނަ ބަޔަކު އައި ނަމަވެސް، ކޮވިޑްގެ ސަބަބުން މާޗު މަހުން ފެށިގެން މެދުކެނޑުނެވެ. އެ އަހަރުވެސް މުޅި އަހަރު އައިސްފައިވަނީ 20،000ޓޫރިސްޓުންނެވެ. މިހާތަނަށް ކްރޫޒްލައިންތަކުން ޓޫރިސްޓުން އެންމެ ގިނައިން އައިސްފައިވަނީ 2024ގައެވެ. އެއީ 30,000ޓޫރިސްޓުންނެވެ.

ކްރޫޒްލައިން ވިޔަފާރި ރާއްޖޭގއި ފުޅާކުރަން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އުމްރާނީ ވަސީލަތްތައް މަދުވުމެވެ. މިއީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ރާއްޖޭގައި ބޮޑެތި ކްރޫޒްލައިނާތައް ގާތްކުރެވޭނެ ފަދަ ހާއްސަ ޓާމިނަލެއް ނުވަތަ ބަނދަރެއް މިހާތަނަށް ގާއިމްކުރެވިފައެއްނެތެވެ.

ބަނދަރުކުރުމުގައި ހުރި ގޮންޖެހުންތަކަކީ މި ވިޔަފާރިއަށް އޮތް އަނެއް ހުރަހެވެ. ގިނަ ބޮޑެތި އުޅަނދުފަހަރު ބަނދަރުކުރަން ޖެހެނީ މާލެ ކައިރީ ކަނޑުގައެވެ. ޓޫރިސްޓުން އެއްގަމަށް އަންނަން ޖެހެނީ ކުދި ލޯންޗު ނުވަތަ "ޓެންޑާ"ބޯޓު ފަހަރުގައެވެ. މިއީ ވަގުތު ހޭދަވާ އަދި ބައެއް ފަހަރު ނުރައްކާތެރި ކަމެކެވެ.

Ads by Allied Insurance