ވިޔަފާރި

ގޯތި ބަހާލި ގޮތުގެ އޮޑިޓް :4,120 މީހަކަށް އެއް ބިލިއަން ޑޮލަރުގެ ބިން

ފާތިމަތު އަފްނާން ، ދެން އޮންލައިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ އިން ބަހާލި ގޯތިތަކުގެ އަގު އެއް ބިލިއަން ޑޮލަރަށް އަރާއިރު، އެ ގޯތިތައް ލިބިފައި ވަނީ 4,120މީހަކަށްކަން ހާމަ ވެއްޖެއެވެ.

Ads by Allied

އޮޑިޓަ ޖެނެރަލް ހުސެއިން ނިޔާޒީ ނެރުއްވާފައިވާ 2023ވަނަ އަހަރު ބިންވެރިޔާ ސްކީމްގެ ދަށުން 2023ވަނަ އަހަރު ހުޅުމާލެއިން ދޫކުރި ގޯތިތަކާ ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ލިބިފައިވާ މާލީ ގެއްލުމުގެ ޚާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ބިންވެރިޔާ ސްކީމުން 15.9ބިލިއަން ރުފިޔާގެ އަގުހުރި ބިން ދޫކޮށްފައިވާއިރު، ދައުލަތުގެ މިލްކުވެރިކަން ގެއްލި 4,120ފަރުދުންނަށް ވަނީ މިލްކްވެރިކަން ބަދަލުވެފައެވެ.

އޮޑިޓްގައިވާ ގޮތުން ހުޅުމާލޭގެ އަގުބޮޑު ބިންތައް ހިލޭ ދޫކޮށްލުމުގެ ސަބަބުން، އެޗްޑީސީއަށް ގާތްގަނޑަކަށް 15.93 ބިލިއަން ރުފިޔާގެ އާމްދަނީއެއް ގެއްލިފައިވާ ކަމަށް އޮޑިޓުން ދައްކައެވެ. އަދި ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މާސްޓަ ޕްލޭނާ ޚިލާފަށް، ވިޔަފާރި އުސޫލުން ނުވަތަ އިޖުތިމާއީ ބޭނުންތަކަށް ކަނޑައަޅާފައިވާ ބިންތަކުންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޑިޓުގައިވާ ގޮތުން ބިން ވިއްކައިގެން ލިބެންޖެހޭ އާމްދަނީ ނުލިބުމުގެ ސަބަބުން، ހުޅުމާލެ ހިއްކުމަށާއި ތަރައްޤީކުރުމަށް އެޗްޑީސީން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އެ ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޮޑިޓަރުން ލަފާކުރެއެވެ. އަދި މިކަމުގެ ސަބަބުން އެޗްޑީސީގެ ކޭޝްފްލޯއަށް ނޭދެވޭ އަސަރުކޮށް، ކުރިއަށް އޮތް ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

Ads by Allied Insurance