މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެ
މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ ބައެއް ރަށްތަކުގައި ފެން ބޮޑުވެއްޖެއެވެ.
ޤައުމީ ދިފާއީ ބާރުން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި، ހއ. އުތީމަށާއި ހދ. ހަނިމާދޫއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދި ފެން ހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވަމުންދާ ކަމަށް ދިފާއީ ބާރުން މައުލޫމާތުދެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް މެޓް އޮފީހާއި ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް އެ ފަރާތްތަކުން އިލްތިމާސްކުރެއެވެ.