Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަސްވެރިންގެ ދުވަސް ފާހަކުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

މަސްވެރިންގެ ދުވަސް ފާހަކުރުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދުމުގެ ފުރުސަތު އިތުރުކޮށްފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އޭޕްރީލް މަހުގެ 30ވަނަ ދުވަހުއެވެ. ނަމަވެސް ބޮޑު އީދުގެ މުނާސަބަތާއި ގުޅިގެން ސަރުކާރު ބަންދު ދުވަސްތަކެއް އައުމާ ގުޅިގެން މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ އިހްތިފާލްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރަން ނިންމިކަން ފިޝަރީޒް މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފައެވެ.

އެހެންވެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު މި މަހުގެ 14ވަނަ ދުވަހުގެ ކުރިން ފިޝަރީޒް މިނިސްޓްރީގެ އީ ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement
HDC — Sidebar (box)

މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް