އަނގޮޅިތީމު ބަނދަރުގެ މަސައްކަތް ކުރުމަށް އެމްޓީސީސީ އާއި ހަވާލު ކޮށްފި

ރ. އަނގޮޅިތީމުގެ ބަނދަރު ހެދުމުގެ މަސައްކަތް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓަރަކްޗާ އިން އެމްޓީސީއާއި ހަވާލު ކޮށްފިއެވެ.
އިއްޔެގެ ވަގުތެއްގައި އެ މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި ސޮއި ކުރެއްވީ ސަރުކާރުގެ ފަރާތުން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އާއި އެމްޓީސީގެ ފަރާތުން ސީއީއޯ އާދަމް އާޒިމެވެ.
މި މަޝްރޫޢުގެ ދަށުން 42،000 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 21 މީޓަރުގެ ބޭރުތޮށި ލުުމުގެ އިތުރުން، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖެހުމާއި، 91.44 މީޓަރުގެ އެއްގަމު ތޮށިލުން ހިމެނެއެވެ. އަދި 1،110 އަކަމީޓަރުގެ ޕޭވްމަންޓު ހެދުމާއި މަގުބައްތި ހަރުކުރުންވެސް ހިމެނެއެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުގައި މި މަޝްރޫޢުއަށް 44.31 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އަދި މި މަޝްރޫޢު އެއްއަހަރު ދުވަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށްވެސް އެމްޓީސީން ބުނެފައި ވެއެވެ.