ނިމިދިޔަ ހަފުތާގައި މީރާއަށް 1.7 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަލައިގެންފި
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ނިމިދިޔަ ހަފުތާގައި 1.7 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާއިން އާއްމު ކުރަމުންދާ "ވީކްލީ ރެވެނިއު ސީރީޒް" ބަޔާންކުރާ ގޮތުން އާއްމުކޮށް ހަފުތާއެއްގައި އާމްދަނީގެ ގޮތުގައި އެވްރެޖްކޮށް 150 މިލިއަނާއި 390 މިލިއަން ރުފިޔާ އާ ދެމެދުގެ ބަލައިގަތް ނަމަވެސް މިދިޔަ ހަފުތާގައި 1.7 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. މިއީ ބޮޑު އިތުރުވުމެކެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ބީޕީޓީގެ ސުންގަޑިއާއެކު ގިނަ ބަޔަކު ޓެކްސް ދެއްކުމާއި ޖީއެސްޓީ ދެއްކުމެވެ.
މިދިޔަ ހަފުތާގައި އެންމެ އާމްދަނީ މަތިވި ހަފުތާގައި 77.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޑޮލަރުގެ އާމްދަނީގެ މި ހެޔޮ ބަދަލަކީ ރާއްޖޭގެ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ސިނާއަތުން ގަވާއިދުން ޓީޖީއެސްޓީ އަދި ގްރީން ޓެކްސް ދެއްކުމެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށާއި އިގްތިސާދީ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.
މި އަދަދަށް އާމްދަނީ ޓޫރިޒަމް ސިނާއަތުން ލިބުނުއިރު، ޖެހިގެން އައި ހަފުތާއެއްގައި 74.1 މިލިއަން ޑޮލަރު ލިބިފައިވާއިރު، އެހެން ބައެއް ހަފުތާތަކުގައި 54.2 މިލިއަން ޑޮލަރު އަދި 48.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ޓޫރިޒަމް އޮފް-ސީޒަން ނުވަތަ އާންމު ހަފުތާތަކުގައި ޑޮލަރުގެ އާމްދަނީ އުޅެނީ އެވްރެޖްކޮށް 2.6 މިލިއަނާއި 16 މިލިއަން ޑޮލަރު އާ ދެމެދުގައެވެ.