ކަނޑުހުޅުދޫން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ
ގއ. ކަނޑުހުޅުދޫން ކޮވިޑް-19 އަށް ފައްސި ވޭދަނައެއް ފެނިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ފައްސިވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި އަންހެނެކެވެ.
އެނގިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޝައްކުވެގެން އެރަށުން އުމުރުން 28 އަހަރުގެ އަންހެނެއްގެ ވޭދަނައެއް ނަގާފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުގައެވެ.
ްއެވޭދަނައިގެ ނަތީޖާ މިއަދު ލިބިފައިވާއިރު އެމީހާގެ ނަތީޖާ ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ.
ފައްސިވީ މީހާ ހުރީ ކަރަންޓީނުގައި ކަމަށްވާތީ އެރަށުގެ އިތުރު މީހަކަށް ބަލިޖެހުމުގެ ފުރުސަތު ކުޑަކަމަށް މައުލޫމާތު ލިބިފައެވެ.
މިއީ ކަނޑުހުޅުދޫން ކޮވިޑް-19 ގެ ވޭދަނައެއް ފެނުނު ފުރަތަމަ ފަހަރެވެ.
މީގެ އިތުރުން 14 ދުވަސް ހަމަކުރުމަށްފަހު ކަރަންޓީން ރިލީޒްއަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން ގދ. ތިނަދޫން ވެސް ދެ މީހުން މިއަދު ވަނީ ފައްސިވެފައެވެ.