Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމުގެ މަޤާމަށް މެމްބަރު ހުސައިން ޝަރީފް

މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުކަމުގެ މަޤާމަށް މެމްބަރު ހުސައިން ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ގެދޮރުވެރިކަމުގެ ކޮމިޓީގެ މުޤައްރިރުގެ މަޤާމަށް ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަރީފް ހޮވިވަޑައިގަންނަވައިފިއެވެ.

މި ކޮމިޓީގެ ރިޔާސަތު ހުސްވީ، ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙްގެ ބަދަލުގައި، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ކޮމިޓީއަށް ހަމަޖެއްސެވުމާ ގުޅިގެންނެވެ. އައު މުޤައްރިރަކު ހޮވުމަށް ހުޅުވާލި ފުރުޞަތުގައި ހުސައިން ޝަރީފްގެ ނަންފުޅު ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާޢީލެވެ.

މި ހުށަހެޅުއްވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ތާއީދުކުރެއްވިއިރު، އިތުރު ނަމެއް ހުށަހެޅިފައެއް ނުވެއެވެ. އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 10 މެމްބަރުންގެ އިއްތިފާޤުން ވަނީ ހުސައިން ޝަރީފް އެ މަޤާމަށް ހޮއްވަވާފައެވެ.

Advertisement
Allied Insurance — Square (box)

މުޤައްރިރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަފުޅުދައްކަވަމުން ހުސައިން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މި ސަރުކާރުން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭ އެއް ދާއިރާއެވެ. އަދި ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވާފައިވާ ގެދޮރުވެރިކަމާ ބެހޭ ބިލަކީ މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި، ކޮމިޓީއަށް ހުށަހެޅޭ އެންމެހާ މައްސަލަތައް ލަސްނުކޮށް އަވަސް މިނެއްގައި ނިންމެވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް