ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓާ ސްޓެލްކޯއިން ހަވާލުވެއްޖެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓް ނެޓްވޯކާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެއްޖެއެވެ.

ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ހަވާލުވުމުގެ ގޮތުން އެޗްޑީސީއާ ސްޓެލްކޯއާ ވަނީ ފަހުމުނާމާއެއްގައި ސޮއިވެސްކޮށްފައެވެ.

ސްޓެލްކޯގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު ޑރ. ޢަލީ އަޒްވަރުއެވެ. އަދި އެޗްޑީސީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ(ރޓޑ) އަލީ ޒުހައިރުއެވެ.

މީގެ ކުރިން ފޭސް ދޭކަށް ކަރަންޓް ފޯރުކޮށްދެމުން ދިޔައީ އެޗްޑީސީގެ ނެޓްވޯކަކުންނެވެ. ނަމަވެސް މިހާރު އެ ނެޓްވޯކުގެ ހުރިހާ ކަމަކާ ސްޓެލްކޯއިން ވަނީ ހަވާލުވެފައެވެ.

އޭގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ކުންފުނީގެ އެމެޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ޖާގަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ވަނީ ސްޓެލްކޯއާ ހަވާލުކޮށްފައެވެ.

މި ރަސްމިއްޔާތުގައި ސްޓެލްކޯއިން ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފައެވެ.