ހުޅުމާލޭ ފޭސް2ގައި ހިނގި މާރާމާރީއެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދެނީ
ހުޅުމާލޭ ފޭސް2 ، ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިނގައި އަނިޔާވި ދެ މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އެބަދެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ފޭސް2ގައި މާރާމާރީއެއް ހިނގިކަމުގެ ރިޕޯޓް މިރޭ 18:37ގައި ލިބިފައިވާ ކަމަށާއި މި މާރާމާރީގައި 21 އަހަރުގެ ފިރިހެނަކަށާއި 34އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި ދެމީހުންނަށް ލިބިފައިވާ އަނިޔާ ސީރިއަސް ނޫން ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
މި މައްސަލައިގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުންދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
