އެމްޑީޕީ ފޭރިގަނެފައި ވަނީ ޑިމޮކްރަސީއަށް ބީރައްޓެހި ބައެއް، ތަރައްޤީ އޮތީ ރައީސް މުޢިއްޒުއާ އެކީ: ބަނބުކެޔޮ ހުސައިންމަނިކު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފޭރިގަނެ، ޕާޓީގެ އަސްލު މަގުސަދުތައް އޮޅި، ޑިމޮކްރަސީގެ ހަމަތަކާ ބީރައްޓެހި ބައެއްގެ އަތްމައްޗަށް ޕާޓީގެ ބާރުތައް ގޮސްފައިވާކަމަށް އެ ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރެއްވާ އެކްޓިވިސްޓް ބަނބުކެޔޮ ހުސައިންމަނިކު ބުނެފިއެވެ
އެމްޑީޕީއަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރެއްވި ޝުއޫރުތަކުގައި، ޕާޓީ އުފައްދައި ކޮޅަށްޖެހުމަށް ބުރަ މަސައްކަތްތަކެއް ކުރި އިސް ބޭފުޅުން މިއަދު ޕާޓީއާ ދުރަށް ދާންޖެހުނު ސަބަބާމެދު ފުންކޮށް ވިސްނަންޖެހޭކަމަށް ފާހަގަކުރިއެވެ. އޭނާ ސިފަކުރި ގޮތުގައި، މިހާރު އެމްޑީޕީ ހައިޖެކްކޮށްފައި ވަނީ ޑިމޮކްރެޓިކް އުސޫލުތައް މުޅިން ނޭނގޭ ބައެކެވެ.
މީގެ އިތުރުން، އޮގަސްޓް 12 އަދި 13ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ތާރީޚީ އެއްވުމުގެ ހަނދާންތައް އާކުރަމުން، ހުސައިންމަނިކު ވަނީ އާންމު މެމްބަރުންނަށް މުހިންމު އިލްތިމާސެއް ކޮށްފައެވެ. އެގޮތުން، ގައުމަށް އުޖާލާ އަދި ތަރައްގީގެ އާ ދުވަސްތަކެއް ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށް އޭނާ ވަނީ ގޮވާލާފައެވެ.
މާޒީއަށް ބަލާއިރު ހުސައިންމަނިކަކީ އެމްޑީޕީގެ ފިކުރު ދިރުވައި އާލާކުރުމަށް އަމިއްލަ ގޭގައި ޖަގަހައެއް ހިންގައި، ޕާޓީގެ އެކި ހަރަކާތްތަކުގައި ފުޅާ ދާއިރާއެއްގައި އުޅުނު ބޭފުޅެކެވެ. ނަމަވެސް، ޕާޓީގެ ލީޑަރޝިޕުން އާންމު މަސްލަހަތު ދޫކޮށް އަމިއްލަ އެޖެންޑާތަކެއް އިސްކުރުމުގެ ސަބަބުން އޭނާ ވަނީ ޕާޓީގެ ހަރަކާތްތަކާ ފެޔަށް ޖެހިފައެވެ.
މި ސިހުރޭ ގެންގުޅުނު ދުންމުޖުމަރާ ގެއްލުނީތަ؟ އެމްޑީޕީ އެއްޗިހިން ގާތް ކުރާކަށް ނުވާނެ. ސިހުރު ހަދާ މީހަކު މަރަންވެސް ތި އެއްޗިހިން ފަހަކަށް ނުދާނެ
ސާބަހޭ ހުސައިން މަނިކަށް ތިހެންފިރިހެނުން ތިބެންޖެހެނީ ތިބުންގޮތަށް ދިމޮކްރެސީއާ ބީރައްތެހި ބަޔަކު ނުކުމެ ޕާޓީ ހިސޯރުކުރީމާ އެޕާޓީގަ ތިބުމަށްވުރެ ޕާޓީއާދުރައްދިއުން ބުއްދިވެރިގޮތަކީ ޑރ. މުއިއްޒު އެކުރައްވާ މަސައްކަތް އެމީހުން ބަލަންބޭނުމެއްނުވޭ އިސްލާމްދީނާ ގައުމައްޓަކާ އަދި ޒުވާނިނއނައްޓަކާ އެމަނިކުފާނު ރެއްދުވާލު އެކުރައްވާ މަސައްކަތްޕުޅު އެހެން ބަޔަކުނަމަ ބަލައިގަންނާނެ އެމްޑީޕީއަކީ ގީނައްފުރައްސާރަކުރާ އެއްޖިނަސުން ގުޅުންހިންގަން ހިއްވަރުދޭ ޕާޓީއެއް