ޚަބަރު

ވޮޓްސްއެޕްގެ އާމްދަނީގެ މައްސަލަ ހައްލުކުރުމަށް މެޓާއިން އިންޑިއާގެ ސްޓާޓްއަޕް ފައުންޑަރަކު އިސްކޮށްފި

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

މުމްބާއީ -- ފޭސްބުކްގެ މައި ކުންފުނި ކަމަށްވާ މެޓާއިން އިންޑިއާގެ ފިންޓެކް ސްޓާޓްއަޕްއެއް ކަމަށްވާ 'ކްރެޑް' އަށް 900 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށްފަހު، އެ ކުންފުނީގެ ބާނީ ކުނާލް ޝާހު ވޮޓްސްއެޕް ހިންގުމާ ހަވާލުކޮށްފިއެވެ.

އިންޑިއާގެ އޮންލައިން ޕޭމަންޓް ސިނާއަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް ބޮޑު ތަޖުރިބާއެއް ހޯދާފައިވާ ކުނާލްއާ ވޮޓްސްއެޕްގެ އެންމެ އިސް ޒިންމާތައް މެޓާއިން ހަވާލުކުރީ ވޮޓްސްއެޕް މެދުވެރިކޮށް އާމްދަނީ ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެނައުމުގެ ބޭނުމުގައެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ވޮޓްސްއެޕްގެ ކަންކަން ބެލެހެއްޓުމަށް ކުނާލް އައްޔަނުކުރަން މެޓާއިން ނިންމި އެންމެ ބޮޑު ސަބަބަކީ، ވިޔަފާރީގެ ބަދަހި ގުޅުންތައް ގާއިމުކުރުމުގައި އޭނާއަށް ލިބިފައިވާ އާދަޔާހިލާފު ހުނަރެވެ. މީގެ އިތުރުން އިންޑިއާގެ މާކެޓުން މާލީ މަންފާ ހޯދާނެ ގޮތްތަކާ މެދު އޭނާއަށް ލިބިފައިވާ ފުން މައުލޫމާތާއި ތަޖުރިބާއަކީ ވެސް މި ނިންމުމުގެ މުހިންމު އަސާސެއް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!