Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަސްވެރިންނަށްވީ ވައުދު ނުފުއްދޭތީ ނަޝީދުގެ ފާޑު ކިޔުން: ދިވެހިންގެ ޖީބަށް ވަންނަން ޖެހޭ ފައިސާ ދަނީ ތައިލެންޑަށް

މަސްވެރިންނަށްވީ ވައުދު ނުފުއްދޭތީ ނަޝީދުގެ ފާޑު ކިޔުން: ދިވެހިންގެ ޖީބަށް ވަންނަން ޖެހޭ ފައިސާ ދަނީ ތައިލެންޑަށް
ރާއްޖޭގައި ބާނާ މަސް ޕްރޮސެސްކޮށްގެން އެ ވިއްކަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރަމުން ނުދާ ކަމަށް ވިދާޅުވެ، މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ. ރިޔާސީ ޕްރައިމަރީ ކެންޕެއިން ހަރަކާތްތަކުގެ ތެރެއިން މިހާރު އުތުރުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. އިހަވަންދުއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ރާއްޖޭގެ ޤުދުރަތީ ވަސީލަތްތައް ފައްކާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ ބާނާ މަހުގެ 70 އިންސައްތަ ބޭރު ކުރަނީ ރޮލަށް ކަން އިޝާރާތް ކުރައްވާ ނަޝީދު ވިދާޅުވީ، ރާއްޖޭގައި މައިގަނޑު ގޮތެއްގައި އޮތް ވިޔަފާރި އަކީ މަސްވެރިކަމާއި ފަތުރުވެރިކަން ކަމަށާއި މަސްވެރިކަން ފައިދާގައި ކުރެވޭ ވިޔަފާރިއަކަށް ނުވެއްޖެނަމަ ދިވެހި ރާއްޖެ ތަރައްޤީގެ މަގުގައި ދާނެ ތަނެއް އިނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި ޤުދުރަތީ ވަސީލަތްތައް އެންމެ ހެޔޮ ގޮތުގައި ބޭނުން ހިފޭނީ، އެތަކެތި ރޮލާ ބޭރުކުރުމުގެ ބަދަލުގައި، ޕްރޮސެސްކޮށްގެން، އެ ތަަރައްޤީ ކުރުމުން ކަމަށް ވިދާޅުވިއެވެ. އެ ވާހަކަފުޅަށް ބާރު ދެއްވާ މިސާލު ނަންގަވަމުން ރައީސް ނަޝީދު ވިދާޅުވީ އެފްރިކާގެ ޤައުމުތަކަކީ ޤުރުރަތީ މައުދަންތައް އޮތް ޤައުމެއް ކަމަށާއި ނަމަވެސް އެތަން ތަރައްޤީ ނުވަނީ އެ މައުދަންތައް ސީދާ ޔޫރަޕަށް ބޭރު ކުރާތީ ކަމަށެވެ. "މިތަނުގައި އޮއްހާ މަހެއް ރޮލަށް ތައިލެންޑަށް ބޭރު ކުރީމާ ހައްތަހާ މުއްސަދި ވަނީ ޔޫރަޕް. ވެން މަސް ވެނަށް ކާން ދިނުމެކޭ އެއްވަރު. ތައިލެންޑްގައި ބަންދުކޮށްފައި، ރޯދައަށް އެސްޓީއޯގައި އެ ދަޅު މަސް ވިއްކަނީ. އަޅުގަނޑުމެނަށް މަސް ބަންދު ކުރެވެން ޖެހޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރުން މަސްވެރިންނަށްވީ ވައުދު ނުފުއްދާތީވަނީ ފާޑު ވިދާޅުވެފައެވެ. "އަޅުގަނޑުމެންގެ މަސް ބަންދު ކުރެވެން ޖެހޭނެ. ސަރުކާރުން އެ ނިންމި ނިންމެއް ވެސް ތަންފީޒެއް ނުވި. ރޯ މަސް ގުދަން ކުރެވޭ މިންވަރު އިތުރެއް ނުވި. އަދި އަޅުގަނޑުމެން ބުނި ގޭދޮށު މަސް ފެކްޓްރީ ނުހެދުނު. އެކަމެއް ވެސް ނުވި މިކަމެއް ވެސް ނުވި. މަހުގެ އަގެއް އަޅުގަނޑުމެނަށް ނޫފުލުނު." ރައީސް ނަޝީދު ވިދާޅުވިއެވެ.
"އެއީ ރައީސް ޞާލިޙާއި އެމްޑީޕީގެ އެތައް މެންބަރުންނަކާ ދުރުވާން ޖެހުނު ސަބަބު. ރުޅި އައިސްގެނެއް ނޫން. ޖީބަށް ވަންވާން އޮތް އެތައް އެތައް ރުފިޔާއެއް ނުލިބި ދިޔައީމަ."
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ އަންނަ މަހު 18 ވަނަ ދުވަހުއެވެ. މި ޕްރައިމަރީގައި ރައީސް ނަޝީދުގެ އިތުރުން ދެން ވާދަ ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް