Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ދިވެހިރާއްޖޭގެ އެންމެ ބޮޑު ވަޤްފު މަޝްރޫޢު "ދާރުއްސަލާމް"ގެ ޢަމަލީ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ވަޤްފު މަޝްރޫޢު "ދާރުއްސަލާމް"ގެ ޢަމަލީ މަސައްކަތް ފަށައިފި

ހުޅުމާލޭގައި ތަރައްޤީކުރާ ރާއްޖޭގެ އެންމެ ބޮޑު ވަޤްފު ޢިމާރާތް ކަމަށްވާ "ދާރުއްސަލާމް" ގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އިސްލާމީ ކަންކަން ކުރިއެރުވުމަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމުގެ މަޤްޞަދުގައި، 244.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، ބާރަ ފަންގިފިލާއަށް އުފުލާ މި ބިޔަ ޢިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރް.ސީ.ސީއާއެވެ. ވިހިހާސް އަކަފޫޓުގެ ބޮޑު ބިމެއްގައި (ޕްލޮޓް ނަންބަރު 11646) ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައި ވަނީ 24 މަސް ދުވަސް ނުވަތަ ދެ އަހަރުގެ މުއްދަތެކެވެ. މި ޢިމާރާތުގެ ބިންގާ، ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

https://twitter.com/MVIaffairs/status/2091867545703948792

Advertisement
Ooredoo — Truecaller (box)

މި ވަޤްފު ޢިމާރާތުން ލިބޭ އާމްދަނީ ބޭނުންކުރުމަށް ސަރުކާރުން ނިންމަވާފައި ވަނީ، ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ނެގެހެއްޓުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖޭގައި ހިންގޭ ތަފާތު ޕްރޮގްރާމްތަކަށެވެ. މާލެ ސަރަހައްދުގެ އިތުރުން، އާބާދީ ބޮޑެތި އެހެން ސަރަހައްދުތައް ކަމުގައިވާ ތިލަދުންމަތި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅުގައި ވެސް މިފަދަ ވަޤްފު ޢިމާރާތްތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް