ޚަބަރު

އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ ދެ މީހަކަށް އަނިޔާވެއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއްގެ މަންޒަރެއް / ފޮޓޯ: އެމްވީ ކްރައިސިސް

އެކްސިޑެންޓެއް ހިނގައި އުމުރުން ދުވަސްވީ ދެ މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، މާލެ ބޮޑުތަކުރުފާނުމަގު، ދަރުބާރުގެ ކައިރީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމުގެ މައުލޫމާތު 2026ސެޕްޓެމްބަރު 2ވަނަ ދުވަހުގެ 17:10އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލުގައި ދުއްވަންއިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލު ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް، އެމީހުންނަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!