ޚަބަރު

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ތަންފީޒުކުރުމާ ގުޅޭ އެންމެ އިސް ވެރިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތްކުރައްވަމުން ގެންދެވި އަބްދުﷲ ނާޒިމް އިބްރާހީމް، އޭނާ ފުރުއްވަމުން ގެންދެވި ޕްރިންސިޕަލް ސެކްރެޓަރީ ކަމުގެ މަގާމުން މިއަދުގެ ވަގުތެއްގައި އިސްތިއުފާދެއްވައިފިއެވެ.

މި ޚަބަރު މީޑިއާތަކަށް ކަށަވަރުކޮށްދެއްވަމުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވަނީ، ނާޒިމް މަގާމުން ދުރަށްޖެހިވަޑައިގަތުމަށް އެދި ފޮނުއްވި ރަސްމީ ސިޓީފުޅު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ޔަގީންކޮށްދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން ނާޒިމް ހުންނެވީ ސިއްހަތާ ބެހޭ ވަޒީރުކަމުގެ މަގާމުގައެވެ. އޭގެ އިތުރުން ވެސް އޭނާ ވަނީ މާޒީގައި ރައީސް އޮފީހުގެ މަތީ ފަންތީގެ އެހެނިހެން އިސް މަގާމުތައް ވެސް ފުރުއްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!