ލައިފްސްޓައިލް

ދަރިފުޅަށް ކޮވިޑް-19 ޖެހުނީ ތިން ސިކުންތަށް ކަމުގައި ޓްރަމްޕް ބުނެފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަންޕް

ޓްރަމްޕްގެ ފިރިހެން ދަރިފުޅު ބެރަން އަށް ކޮވިޑް-19 ޖެހުނީ އެންމެ 3 ސިކުންތަށް ކަމުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނެފިއެވެ.

Ads by Sosun Fihaara

ޓްރަމްޕް މިހެން ބުނެފައިވަނީ އެމެރިކާގެ ސުކޫލުތައް ހުޅުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެގޮތުން ޓްރަމްޕް ބުނީ ކޮވިޑް-19 އަކީ އެވަރު ކަމެެއް ނޫން ކަމަށާއި ޖެހިފައި ރަނގަޅުވެދާނެ ކަމަށެވެ. އަދި ކުދިން ސުކޫލުތަކަށް ފޮނުވަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ތަކުރާރުކޮށް ބުނެފައެވެ.

ބެރަން ޓްރަމްޕް ބަލިވުމާ ގުޅޭ ގޮތުން ޓްރަމްޕް ބުނީ ބެރަން އަށް ބަލި ޖެހުނުހެން ހީވެސް ނުވާ ކަމަށެވެ. އަދި ބެރަންއަށް ވައިރަސް ޖެހިފައި ހުރި މުއްދަތު ކުރުކަމުން، އޭނާ އަށް ބަލި ޖެހުނު ކަމަށް ގަބޫލު ވެސް ނުކުރެވޭ ކަމަށް ޓްރަމްޕް ވަނީ ބުނެފައެވެ.

އަދި ނަތީޖާ ނައްސި ވުމުގެ ކުރިން ބެރަން އަށް ވައިރަސް ޖެހިފައި ހުރީ ތިން ސިކުންތައް ކަމުގައި ވެސް ދާދި ފަހުން ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވެފައިވާ ޓްރަމްޕް ވަނީ ބުނެފައެވެ.

ކޮވިޑް-19 އިން ރަނގަޅުވުމާއެކު ޓްރަމްޕް އަންނަނީ އަނެއްކާވެސް ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރި ވަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!