ޖަރުމަނުގެ ވިޔަފާރިތަކަށް ޗައިނާއިން ކުރިމަތިކުރުވާ ފިއްތުންތައް އިތުރުވަނީ
ޖަރުމަނުގެ ސިނާޢީ ދާއިރާއަށް ޗައިނާއަކީ އަދިވެސް އެންމެ މުހިންމު އެއް މާކެޓު ކަމުގައި ވީނަމަވެސް، ޗައިނާގެ ކުންފުނިތަކުން ކުރިމަތިކުރުވާ ވާދަވެރިކަން ދުވަހެއް ދުވަހަކަށް ދަނީ ގަދަވަމުންނެވެ.
ޒަމާނީ ޓެކްނޮލޮޖީއާއި، ވާދަވެރި ހެޔޮ އަގުތަކުގެ އިތުރުން ޗައިނާ ސަރުކާރުން ދޭ ސަބްސިޑީގެ އެހީތެރިކަމާއެކު، އެ ޤައުމުގެ ވިޔަފާރިތައް މުޅި ޔޫރަޕަށް ފުޅާކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މީގެ ސަބަބުން ޖަރުމަނުގެ ކުންފުނިތަކަށް ވަނީ ބޮޑެތި ފިއްތުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ޑީއައިއެޗްކޭއިން ދާދިފަހުން ކުރިއަށްގެންދިޔަ ސަރވޭއަކުން ހާމަވާގޮތުގައި، މި ވާދަވެރިކަމުގެ އިތުރުން ސަޕްލައި ޗެއިންތަކަށް ބަރޯސާވާންޖެހޭ މިންވަރު ބޮޑުވުމާއި، 'ރެއަރ އާތްސް' ފަދަ ވިޔަފާރިއަށް ކޮންމެހެން ބޭނުންވާ މުހިންމު ރޯމެޓީރިއަލްތައް ހޯދުމުގައި ކުންފުނިތަކުގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.
ބައިނަލްއަޤްވާމީ ވިޔަފާރީގެ މައިދާނުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުނުވެ ދެމިއޮތުމާ ގުޅިގެން، ވިޔަފާރީގެ ރޭހުގައި ވާދަވެރިކަންމަތީ ދެމިއޮތުމަށްޓަކައި ކުންފުނިތަކުން މިހާރު އެންމެ ބޮޑަށް ބަރޯސާވަނީ އައު އީޖާދުތަކާއި ފަހުގެ ޓެކްނޮލޮޖީއަށެވެ.