ބޭރުގެ ގިނަ އަދަދެއްގެ އޮޕަރޭޓަރުން ރަޖިސްޓްރީކޮށްފި
ޑެސްޓިނޭޝަން ޕްރިންސިޕަލް ގާނޫނާއެކު ބޭރުގެ ގިނަ އޮޕަރޭޓަރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖިސްޓްރީކޮށްފިއެވެ.
ދައުލަތުގެ މީޑިއާގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރު ޖެނެރަލް ރެވެނިއު ސާވިސަސް އެންޑް ރިކަވަރީ އަހުމަދު ޝަރީފު ވިދާޅުވީ މި ބަދަލާ އެކު އަލަށް މި ރީޗް ކުރަން ޖެހޭ ގިނަ ބަޔަކު އެބަތިބި ކަމަށާ އެހެންކަމުން އެ ފަރާތްތަކުގެ މައުލޫމާތު ހޯދަމުންދާ ކަމަށެވެ.
"މައުލޫމާތު ފޯރުކޮށް ދިނުމަށް ގިނަ މަސައކަތް ކުރަމުން މިދަނީ. މިހާރު ޓޫރިޒަމް މިނިސްޓްރީ އާއި ފިނޭންސް ގުޅިގެން ޖޮއޮންޓް ވެބިނާއެއްވއް ބާއްވާއިފި، އެކްޓިވްކޮށް މައުލޫމާތު ސާފު ކުރަމުން ދަނީ. އެ ބޭފުޅުން ސާފު ކުރަން ބޭނުންވާ މައުިލޫމާތު ސާފު ކުރޭ. ބުނެވިދާނެ 1000 ވެސް ލިބެމުންދާ ކަމަށް." އަހުމަދު ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފު ވިދާޅުވީ މައުލޫމާތު ސާފުކޮށް ބައެއް ފަރާތްތަކުން ރަޖިސްޓްރީ ވެސް ކުރަމުން ގެންދާ ކަމަށެވެ.
މި ގާނޫނު ތަސްދީގުކޮށްފައި ވަނީ އޮގަސްޓް މަހުގެ 31ވަނަ ދުވަހުއެވެ. މި ގާނޫނަށް އަމަލު ކުރަން ފަށަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.