ވިޔަފާރި

ފާއިތުވި ހަފުތާ ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ %48 އިތުރުވެއްޖެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ވީއައިއޭ އެއާޕޯޓް؛ ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ވަނީ ދުބާއި އަށް ނުފުރި ތާށިވެފައ

މިމަހުގެ މިދިޔަ ދެ ހަފުތާގައި ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެ 48%ގެ އިތުރުވުމެއް ލިބިއްޖެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފުތާގައި ޖުމްލަ 18.3 މިލިއަން ޑޮލަރު ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ. މިއީ އޭގެ ކުރީ ހަފުތާގައި ލިބިފައިވާ 12.2 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 6 މިލިއަން ޑޮލަރު ނުވަތަ 48.9 އިންސައްތައިގެ ކުރިއެރުމެކެވެ.

އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސްތަކުންނެވެ. އެގޮތުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީގެ ގޮތުގައި 8.8 މިލިއަން ޑޮލަރު ލިބިފައިވާއިރު މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 109 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އޭގެ ކުރީ ހަފުތާގައި ޓީޖީއެސް.ޓީގެ ގޮތުގައި ލިބިފައި ވަނީ 4.2 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ޑިޕާޗާ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ވެސް ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ޑިޕާޗަރ ޓެކްސް އިން ލިބުނު އާމްދަނީ ވަނީ 129 އިންސައްތަ އިތުރުވެފައެވެ.

ޖުމްލަ އާމްދަނީ އިތުރުވި ނަމަވެސް، ބައެއް ދާއިރާތަކުން ލިބުނު އާމްދަނީ ދަށްވެފައިވާކަން ވެސް ފާހަގަކުރެވެއެވެ. އެގޮތުން ކޯޕަރޭޓް އިންކަމް ޓެކްސް ނުވަތަ ބީޕީޓީގެ ގޮތުގައި ލިބުނު މިންވަރު 554,355 ޑޮލަރުން 206,882 ޑޮލަރަށް (62.7 އިންސައްތައަށް) ވަނީ ދަށްވެފައެވެ. އަދި ނޮން-ރެޒިޑެންޓް ވިތްހޯލްޑިން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ 18.9 އިންސައްތަ ދަށްވެފައެވެ.