ދުނިޔެ

އިންޑިއާގެ ގޭބިސީތަކުގެ މާލީ ހާލަތު ދަށްވަމުން ނުދާކަމަށް ބެލެވިއްޖެ

ޙުސައިން އިބްރާހީމް ، ދެން އޮންލައިން

ރައްކާކުރާ ފައިސާގެ މިންވަރު ދަށަށްދާ ކަމަށް ދައްކާ ތަފާސްހިސާބުތަކުގެ ފަހަތުގައިވާ އަސްލު ސަބަބުތައް އިތުރަށް ތަހުގީގުކުރަން ޖެހޭކަމަށް، ނިއު ދިއްލީގައި ހިންގާ 'އިންޑޮނޮމިކްސް ކޮންސަލްޓިންގ' ގެ ޗީފް އެގްޒެކެޓިވް ރިތޭޝް ކުމާރު ސިންގް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ލަފާކުރައްވާ ގޮތުގައި، މުއްސަނދި ފަރާތްތަކުން ލޯނު ނަގަނީ ޒަރޫރީ ބޭނުންތަކަށްވުރެ ބޮޑަށް އެމީހުން ބޭނުންވާ އިތުރު އެހެނިހެން ޚަރަދުތައް ކުރުމަށެވެ. މިކަމުގެ މިސާލެއްގެ ގޮތުން، އޮގަސްޓް 5 ވަނަ ދުވަހު ބެންގަލޫރުގައި ހުންނަ 'ރިވަރ މޮބިލިޓީ' ޝޯރޫމުން ޚިދުމަތް ހޯދަމުންދިޔަ ކަސްޓަމަރުންތަކެއްގެ މަންޒަރު ރޮއިޓަރސްއިން ވަނީ އާންމުކޮށްފައެވެ.

Ads by HDC