Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހެއްގެ ހާލު ސީރިއަށް ވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލެ ފޭޒް2 ޖޭ.އެމް.ސީ ސައިޓް ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ރޭ 01:20 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓްގައި 19 އަހަރުގެ ފިރިހެނަކަށާއި 56 އަހަރުގެ ފިރިހެނަކަށް އަނިޔާވެފައިވެއެވެ. މީގެތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެެ.

Advertisement
Allied Insurance — Square (box)

އަނިޔާވި ދެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް