Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އާއްމު ތަނެއްގައި ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައެއް ބަލަން ފަށައިފި

އާއްމު ތަނެއްގައި ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައެއް ބަލަން ފަށައިފި

އާއްމު ތަނެއްގައި ބަދުއަޚްލާޤީ ޢަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެ މައްސަލަ ބަލަން ފަށައިފިއެވެ.

މީސްމީޑިއާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި ދެ މީހަކު ބަދުއަޚްލާޤީ ޢަމަލު ހިންގާ މަންޒަރު ފެނެއެވެ. މި މައްސަލަ ބަލަމުންދޭތޯ، "ދެން" އިން މިއަދު ސުވާލު ކުރުމުން، ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްޞީލެއް ނުދެއްވައެވެ. އާއްމުވި ވީޑިއޯ އިން ފެންނަނީ ކޮންބައެއް ކަމާއި، އެ މީހުން ތިބީ ކޮންތަނެއްގައި ކަމެއް ސާފެއް ނޫނެވެ. މި ވީޑިއޯ އާއްމުވުމާ ގުޅިގެން، ގިނަ ބަޔަކު ވަނީ، ޤައުމުގެ ޙާލަތާމެދު ހިތާމަކުރާ ކަމަށް ބުނެ، ކަންބޮޑުވުންފާޅުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް