Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގައްދޫން ޑިމޮކްރެޓްސްއަށް 100 މީހުން!

ގައްދޫން ޑިމޮކްރެޓްސްއަށް 100 މީހުން!

ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވާ އުފައްދަވާ, ދަ ޑިމޮކްރެޓްސްއަށް ގދ. ގައްދޫން 100އަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ.

ގައްދޫން އެ ޕާޓީއާ ގުޅެން ފުރި 100 ފޯމް މިރޭ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އާއި ހަވާލުކޮށްފައެވެ. އިވާއާއި ފޯމު ހަވާލުކުރީ އެދާއިރާގެ މެމްބަރު އަހުމަދު ޒާހިރުއާއި އެމްޑީޕީގެ ކުރީގެ ގައްދޫ ދާއިރާގެ ނައިބު އަޙްމަދު ރާޝިދު (ރާޑޯ)އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން(އީސީ)ން ދިނުމާއިއެކު ދަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކޮންމެ ދުވަހަކު ވެސް މާލޭގައި އެ ޕާޓީން ދަނީ ސޮއި ހޯދުމަށް ހަރަކާތްތައް ހިންގަމުންނެވެ. އަދި އަތޮޅު ތެރޭގައި ވެސް މި ހަރަކާތް ދަނީ ހިންގަމުންނެވެ.

Advertisement
Allied Insurance — Square (box)

މިހާތަނަށް އެ ޕާޓީއަށް ވަނުމަށް ފޯމް ފުރާފައިވާ މީހުންގެ އަދަދު ހާމަކޮށްފައި ނުވި ނަމަވެސް, ގިނަ އަދަދެއްގެ ބަޔަކު ގުޅިފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް