އިތުރު 36 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެ
އިތުރު 36 މީހަކު ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.
މިކަން ހާމަކޮށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، މިރޭ ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވީ 36 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި ހަ ދިވެހިންނާއި އިންޑިއާ މީހެއް ކަމަށެވެ.
✳️ COVID-19 Latest Update:
— Health Protection Agency (@HPA_MV) April 25, 2020
An additional 36 cases (MAV0142 to MAV0177) of 29 Bangladeshis, 6 Maldivians and 1 Indian nationals have been confirmed.
These cases include 30 individuals from three vulnerable houses.
The individuals will be moved to an Isolation Facility.
އެޗްޕީއޭ އިން ވިދާޅުވީ، މިރޭ ފައްސިވި 36 މީހުންގެ ތެރެއިން 30 މީހުންނަކީ ތިން ގެއެއްގައި ދިރިއުޅެމުން ދިޔަ މީހުން ކަމަށެވެ. މި އެންމެންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ.
އިތުރު 36 މީހަކު ފައްސިވުމާއެކު މިހާރު ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 177 އަށް އަރާފައެވެ.






ކޮމެންޓް