Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އިތުރު 23 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ، ޖުމްލަ އަދަދު 214 އަށް

މިއަދުގެ މިހާތަނަށް 73 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

މިއަދު އެންމެ ފުރަތަމަ ޕޮޒިޓިވްވީ 36 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 29 މީހަކާއި، ހަ ދިވެހިންނާއި އިންޑިއާ މީހެކެވެ. އޭގެ ފަހުން 11 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ބަންގްލަދޭޝްގެ ނުވަ މީހުންނާ ދިވެއްސަކާ އިންޑިއާ މީހެކެވެ.

މިއަދު ހަވީރުވެސް ދެ ދިވެހިންނާ ޕާކިސްތާނު މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޭގެ ފަހުންވެސް އިތުރު 23 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެން ކަމުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ވަނީ 214 އަށް އަރާފައެވެ.

ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 17 މީހެކެވެ. އޭގެ ތެރޭގައި ބަލި ޖެހުނު ހުރިހާ ޓޫރިސްޓުން ހިމެނެ އެވެ.

މިހާރު ބައްޔަށް ފަރުވާދެމުން ދަނީ އިނގިރޭސިވިލާތުން ރާއްޖެ އައި ދިވެއްސަކާއި މާލެ ތެރެއިން ކޮވިޑް-19 ޖެހުނު މީހުންނަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް