ބަހުރުވަ: ތާރީހުގެ އެތެރެން ހަވަރެ ތެނަދޫ ހުކުރެ މިސްކިތު ވާހަކިޔާ
"ހަވަރެތެނަދޫ ހުކުރެމިސްކިދާ"މިނަމުން މަޝްހޫރެވެފައިވެނެ މި މިސްކިދާއްކޫ ހަވޮއްޑޭ މުދިންބެއްޔާ ފާތިހާ ސަލަވާތެ ކޭވައިފައި ހަވަރެތެނަދޫ ޢަބުދު ﷲ ކަތީބާއި ތެނަދޫ ތުއްތު ކަތީބާ ހަސަން ޙިލްމީ ބިންގަލެ އޮޑައި ދިނެ މިސްކިދެކެ.
ތެނަދޫ ބައިކެންނަން ފެހޭ ހުކުރެ މިސްކިދާޔ ބޮނީމެއި ނުއެގީ ނުހުންނެއި. "ހަވަރެ ތެނަދޫ ހުކުރެ މިސްކިދާ މި ނަމުން މަޝްހޫރެވީ މި މިސްކިދާއްކޫ ހަވޮއްޑޭ މުދިންބެ ބެއްޔާ ފާތިޙާ ސަލަވާތެ ކޭވާހައި ހަވަރެ ތެނަދޫ ޢަބްދުﷲ ކަތީބާއި ތުއްތުކަތީބު (ޙަސަން ޙިލްމީ) ބިންގަލެ އޮޑެއިދިނެ މިސްކިދެކެ.
ކުރިޔެން އެތާ ހުއްޓީ މިސްކިދާ އައްޓެއި މިމިސްކިދާ އިމާރާތެކޮޅޮއު ބޮޑެކޮން. ބޮޑެ ކޮޅައު މިސްކިދު ހުޅަގަން ހުންނާ މިހުރާބު ގެޔާ ހުންނާ ބަޔާއި މިސްކިދު އިރެ މަންތޭ ދެވަނަ ބިތުން 6 ފޫޓެ. މި މިސްކިދު ވަޑާމުގެ މަސައްކަދުގެ އިސްމީހަކުނަން ހުއްޓޫ ތެނަދުއަށް ނަން މަޝްހޫރެ ސީވިއު މޫސާތަކުރުފާނު.
ތެނަދޫ ޖަނަވަރީގޭ އަލްމަރުޙޫމް ޙަސަން ޙިލްމީ (ޙިލްމީބޭ) ލޭފެއި ތެއި ބައެކެ ލިޔުމުން އެގެނެ ލިކުން ފެހެއި 01 ޖެނުއަރީ 1953 ކު އަލް އަމީރު މުޙައްމަދު އަމީން އަން ރައީސް ކަން ލެބުމުގެ ކުރިޔެން ތެނަދުއަން ވަޑައިގެންނެވީ ދަތެރަކު ރާވައި އުވެސްނުޖަހައި ހުއްޓީ މި ހުކުރެ މިސްކިދާ ބަލެއިފެއި އެ ދުހާ އަތޮޅެ އެތެރޭ އެކެބެއި ރަށްރަޓަން ވަޑައިގަންނަވާހައި އޭގެ ދެ ދޮހާ ފަހުން އެނެއްކަލައި ތެނަދުއަން އަބަރެއި ވަޑައިގެންނެވީވޭލޭ މިސްކިދު އެތެރާއި ބޭރޭ ހުއްޓޫ އުވެ ޖަހައި ނިންމައިފައި. އެ ދުހާ އަލް އަމީރު މުޙައްމަދު އަމީން މަސައްކަދާ ނިންމީ އަވަސް ކަމުން ހުއްޓޫ ހައިރާނޭގޮހޮ.
އަލް އަމީރު މުޙައްމަދު އަމީން ހުވަދު އަތޮޅު ތެނަދޫގައި
ތިރިޔެން ތިފެނެއްނޫ ކުރިޔެން ތެނަދޫ ހުއްޓީ މިސްކިދު އެތެރަން ވެން ލިކަން އެއައްޓެއި ބޮޑެކޮން އޮޑީ މިސްކިދާ. 1950 ވަނަ އަހަރެ އޮޑީ މި މިސްކިދަން ދިން ނަމައްކޫ " މަސްޖިދުލްޣާޒީ މުޙައްމަދު". ހަވަރެ ތެނަދޫން މީހިންނެ ބޭއިވޭލޭސް ހުއްޓޫ މި މިސްކިދާ.
"މަސްޖިދުލް ޣާޒީ މުޙައްމަދު" މިސްކިތާ
2008 ވަނެ އަހަރެ "މަސްޖިދުލް ޣާޒީ މުޙައްމަދު" މިސްކިތުގެ ފޮޓޯއެކެ
އިސްލާމިކް ސެންޓަރެކެ އިމާރާތެ ކެރަންނަން ވެގެން އެތަނާ ސާފުކެރަންނަން ވޮންޑީވޭލޭ ކުރިޔެއި ހުކުރު މިސްކިދު ތެއި ހަލަހިކި ވެގޮހޯ ތެއި އެއްތެއްތާއި ބޭނުން ކޮޓެފެއި ތެއި ބައެކެ ސާމާނެ ފެނުނެ. އޭބޫ 22 ނޮވެމްބަރު 2015 ވީ ދުހާ. ފަހުން މިތާ އިސްލާމިކް ސެންޓަރާ ނޯޑަންނަން ނިންމޫ ކެހެނަކުން ވެގެން ކަަަމަކަސް އަދިޔަސް އެގީފެއި ނުވެއި.
ސާފު ކެރީ ވޭލޭ ފެނުނެ ބައެކެ އެއްތެތި
ކުރިޔޭ ހުކުރެ މިސްކިދާ ހުއްޓީ ހިސާބާ ފަޅަން އޮންނާތަން އެތެކެ އަހަރެގެ ވެގެން އެބަގެ. އަދިޔަސް އެތާ މިސްކިދެކެ ހުއްޓުމާއްކޫ ތެނަދޫ ތެއްޔެހެއި ރައްޔިތުންނަގެ ވަރަން ބޮޑެ އެދުމެކެ. އެހެން ފަހޭސް އަދާއި ޖެހެންނާ ދެކަން އަސް މިކަމަންއަލި މަގެކެ ފެނީފެއި ނުވެއި.
ނޯޓް: މިއީ ރާއްޖޭގެ އެކި ބަހުރުވަތަކުގެ ތެރެއިން ތަފާތު ބޮޑުކަމަށް ފާހަގަ ކުރެވޭ އެކި ބަހުރުވަތަކުން ލިޔުންތައް ގެނެސްދިނުމަށް ޓަކައި “ދެން”އިން ފެށި ސެގްމަންޓެކެވެ