ބޮލީވުޑް މުނިފޫހިފިލުވުން

މިމަހުގެ 7ގެ ކުރިން ހައްޔަރު ނުކުރެވޭ ގޮތަށް ދީޕިކާގެ މެނޭޖަރަށް ރައްކާތެރިކަން ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދީޕިކާ ޕަދުކޯންގެ މެނޭޖަރ ކަރިސްމާ ޕްރަކާޝް، މިހިނގާ ނޮވެމްބަރު މަހުގެ 7 ގެ ކުރިން ހައްޔަރު ނުކުރެވޭ ގޮތަށް އަމުރުކޮށް މުމްބައިގެ ކޯޓަކުން ރައްކާތެރިކަން ދީފިއެވެ.

Ads by Sosun Fihaara

ކަރިސްމާއަށް ކޯޓުން ރައްކާތެރިކަމުގެ ކަފާލާތު ދީފައި މިވަނީ، އޭނާގެ ގެއިން އެންސީބީއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާއި ގުޅިގެން، އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އިންޑިއާގެ ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، ކަރިސްމާގެ ގެއިން މިދިޔަ މަހު މަސްތުވާތަކެތި ފެނުމާއެކު އޭނާ ވަނީ ދިޔަ ތަނެއް ނާންގާ ފިލާފައެވެ. އަދި އެންސީބީ އަށް ހާޒިރުވުމަށް އޭނާއަށް އެންގި އެންގުންތައް ނާކާމިޔާބު ވެފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ކަރިސްމާ ވަނީ އެންސީބީން އޭނާއަށް މިމައްސަލައާ ގުޅިގެން ނަފްސާނީ ގޮތުން އަނިޔާ ކުރަމުންދާ ކަމަށް ބުނެ، އޭނާ ފިލައިގެން އުޅެނީ އެސަބަބަށްޓަކައި ކަމަށް ވެސް ބުނެފައެވެ.

އެހެންކަމުން ކޯޓުން އަމުރު ކޮށްފައިވަނީ މިމަހުގެ 7 ގެ ކުރިން ކަރިސްމާ ހައްޔަރު ނުކުރެވޭނެ ކަމަށާއި، ނަމަވެސް އެމުއްދަތުގެ ތެރޭގައި އެންސީބީގެ ތަހުގީގަށް އޭނާ ހާޒިރުވެ އެއްބާރުލުން ދިނުމަށެވެ.

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގާއެކު، އެދާއިރާގެ ބައެއް ފަންނާނުން މަސްތުވާތަކެތީގެ މައްސަލަތަކެއްގައި އުޅޭކަން އެންސީބީ ގެ ސަމާލުކަމަށް އައިސްފައިވެއެވެ.

އެގޮތުން އެމައްސަލައިގައި ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވެސް ހައްޔަރު ކުރެވުނުއިރު، މިމައްސަލައިގައި ދީޕިކާ އާއި ސާރާ އަލީ ޚާން، ޝްރަދާ ކަޕޫރު އަދި ރަކުލް ޕްރީތު ސިންގު ވެސް ސުވާލު ކުރުމަށް އެންސީބީއަށް ހާޒިރު ކުރިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!