Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ރައީސް ޞާލިޙުގެ ދެވަނަ ދައުރެއްގައި އަމާާން އުފާވެރި ރާއްޖެއެއް ޤާއިމު ކުރެވޭނެ: އިޔާޒު

ރައީސް ޞާލިޙުގެ ދެވަނަ ދައުރެއްގައި އަމާާން އުފާވެރި ރާއްޖެއެއް ޤާއިމު ކުރެވޭނެ: އިޔާޒު

ޢަދާލަތު ޕާޓީ އާއިއެކުގައި، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ދެވަނަ ދައުރެއްގައި އުފާވެރި އަމާާން ރާއްޖެއެއް ޤާއިމު ކުރެވޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒު މިހެން ވިދާޅުވީ ޤައުމުގައި ހިނގާ މުންކަރާތްތަކާ ދެކޮޅަށް އަދާލަތު ޕާޓީގެ ޢިލްމުވެރިން ބަސް ވިދާޅުނުވާކަން ފާހަގަކޮށް، ކޮށްފައިވާ ޓްވީޓަކަށް ދެއްވި ޖަވާބުގައެވެ.

އިޔާޒު ވިދާޅުވީ، ޤައުމުގަައި ހިނގާ ހުރިހައި ކަމެއް އޭނާއަށް އެނގުން ލާޒިމެއް ނޫން ކަމަށެވެ.

Advertisement
HDC — Sidebar (box)

އަދި ކޮންމެ ކަމަކަށް ފާޅުގައި ބަހެއް ނުބުނުން އެއީ އެކަމަށް އެއްބަސްވުމެއްވެސް ނޫން ކަމަށާއި، ކޮންމެ މީހަކު ކުރިނަމަވެސް ރަނގަޅު ކަމެއްނަމަ އެކަން ބަލައިގަންނަ ކަމަށް ވިދާޅުވިއެވެ.

"އަދި ގޯސްކަމެއްނަމަ އެކަން ކުއްވެރި ކުރަން. 2013 އިން 2018 އަށް ޤައުމުގައި ޢާއްމުވި އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމާއި ނާމާންކަމުން ޤައުމު މިންޖުކޮށް، އަމާންކަމާއި އުފާވެރިކަމުގެ މިސްރާބަކަށް ރައީސް ‎ޞާލިޙުގެ ޤިޔާދަތުގެ ދަށުން ޤައުމު ދަތުރުކޮށްފި"

އިޔާޒު ވިދާޅުވީ، ނޫސްވެރިންނަށް ޖެހިލުމެއްނެތި ބޭނުން ސުވާލެއް ސީދާ ރައީސް ޞާލިޙާއި ކުރުމުގެ ފުރުޞަތު ފަހިވެއްޖެ ކަމަށެވެ.

"އެއްވެސް ނިއުސްކޮންފަރެންސެއްގައި ޖަވާބުނުދެއްވި ކޯފާ އިސްކުރައްވާތަނެއް ނުފެނޭ. ފެންނަނީ ވަރަށް ހަމަޖެހިވަޑައިގެން ހާސްކަމެއްނެތި ޖަވާބުދެއްވާ މަންޡަރު. ނިމިގެން ހުރިހާ ނޫސްވެރިންނާއި ސަލާމްކޮށްލައްވާ ސެލްފީ ނަންގަވާތަން. މިއީ ކުރީގެ ރައީސުން ފަރާތުން ނުފެންނަ ކަމެއް." އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާޒު ތަކުރާރުކޮށް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިޙު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި  ދެވަނަ ދައުރުގައި އުފާވެރި އަމާން ރާއްޖެއެއް ޤާއިމްކުރެވޭނެ ކަމަށެވެ.

އަދި ޢަދާލަތު ޕާޓީ އަކީ އިޞްލާޙަށް މަސައްކަތްކުރާ ޕާޓީއެއް ކަމަށާއި، އިޞްލާޙު ކުރަަންހުރި ކަމެއްނަމަ އެކަމަށްޓަކައި ކުރަންޖެހުނު މަސައްކަތެއް ވެސް އެ ޕާޓީން ކުރާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް