Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޝައިޚް ޝަފީޢުގެ ތާއީދު މުޢިއްޒު އަށް

ޝައިޚް ޝަފީޢުގެ ތާއީދު މުޢިއްޒު އަށް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒުއަށް ތާއީދު ކުރަން އައްޝައިޚް ޝަފީޢު ޢަބްދުﷲ ނިންމައިފިއެވެ.

ޝަފީޢު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވައިފައިވާ ބޭފުޅުންނާ މެދު ނަޒަރު ހިންގައި ވިސްނައިލި އިރު، ޑރ. މުޢިއްޒަށް ވުރެ ތަޢުލީމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންނާއި، ހިންގުމުގެ ގޮތުންނާއި، އަޚްލާޤީ ގޮތުންނާއި، ފިކުރީީ ގޮތުންނާއި، ދީނީ ޢިލްމުވެރީންނާ އޮންނަ ގުޅުމުގެ ގޮތުން ކައިރި ކުރާ އެހެން ކެންޑިޑޭޓަކު ނެތް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

‏އެހެންކަމުން، ކުރިމަތިލައްވައިފައިވާ ކެންޑިޑޭޓުންގެ ތެރެއިން، މި ވަގުތަށް ރާއްޖޭގެ ދީނީ މަޞްލަޙަތާއި ޤައުމީ މަޞްލަޙަތު އެންމެ ބޮޑަށް ހިމާޔަތްކުރެވޭނީ، ޑރ. މުޢިއްޒަށް ކަމަށް ހިތުގެ އަޑީން ޤަބޫލުކުރެވޭ ކަމަށް ޝަފީޢު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

‏”ދުޢާއަކީ، މާތް ﷲ ޑރ. މުޢިއްޒަށް ކާމިޔާބު މިންވަރުކުރައްވައި، އެ އިލާހު ރުއްސަވާ ފަދަ ގޮތަކަށް ޤައުމާއި ރައްޔިތުންގެ ކަންކަން ކުރިޔަށް ގެންދިޔުމުގެ ތައުފީޤު މިންވަރުކުރެއްވުމެވެ. އާމީން” ޝަފީޢު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް