ޚަބަރު

ކޮވިޑް-19: ނަޑެއްލާއިން މީހަކު ފައްސިވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ގދ. ނަޑެއްލާއިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ފައްސި ވެފައި ވަނީ ހޯމް ކަަރަންޓީނުގައި ހުރި މީހެކެވެ.

Ads by STELCO

މި މީހާ ފައްސި ވެފައިވާކަން އެނގިފައިވަނީ ކަރަންޓީނު ނިންމުމަށް ފަހު ހެދި ކޮވިޑް ޓެސްޓުންނެވެ.

ނަޑެއްލާ ކައުންސިލުން ވިދާޅުވީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެރަށުގައި ހޯމް ކަރަންޓީނު ކުރެވުނު މީހަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ކައުންސިލުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ކައުންސިލުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އަދި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކުރައްވާ އަވަހަށް ރިޕޯޓުކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!