Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޖަރާސީމް ހިމެނޭ ޗީޒްގެ ބްރޭންޑެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާ ކޮށްފި

ޖަރާސީމް ހިމެނޭ ޗީޒްގެ ބްރޭންޑެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާ ކޮށްފި

ޖަރާސީމް ހިމެނޭ ޗީޒްގެ ބްރޭންޑެއް ރާއްޖެ އެތެރެ ކުރުމާއި ވިއްކުން މަނާ ކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނިންމައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ "ލިސްޓީރިއާ މޮނޯސައިޓޯޖީންސް" ޖަރާސީމުން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް އުފެއްދުމެއް ކަމުގައިވާ ޗީޒެއް ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.

މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

Advertisement
HDC — Sidebar (box)

އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ފަރަންސޭސި ވިލާތުން އެތެރެ ކޮށްފައިވާ އެ ޗީޒް ނުވިއްކުމަށާއި ބޭނުން ނުކުރުމަށް އެ އެދިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް