ޚަބަރު

“ދެން”ގެ ހަބަރުތައް ބައެއް ފޯނުތަކަށް ފެނުމުގައި އަކުރުތައް އެކުވެފައި ހުންނަ މައްސަލަ ހަައްލު ކޮށްފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

"ދެން"ގެ ހަބަރުތައް ބައެއް ފޯނުތަކަށް ފެނުމުގައި އަކުރުތައް އެކުވެފައި ހުންނަ މައްސަލަ ހައްލު ކޮށްފިއެވެ.

Ads by MWSC

މީގެ ކުރިން ބައެއް ފޯނުތަކަށް "ދެން"ގެ ބައެއް ހަބަރުތައް ފެންނައިރު އަކުރުތައް އެކުވެފައި ހުންނާތީ ގިނަ ކިޔުންތެރިންނެއް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އެ ކަންބޮޑުވުންތައް "ދެން" އިން ބަލައިގަނެ އެ މައްސަލަ އަށް މިއަދު ވަނީ ހައްލު ގެނެވިފައެވެ. އެހެންކަމުން ކިޔުންތެރިންނަށް އެއްވެސް ދައްޗަކާ ނުލާ "ދެން" ހަބަރުތައް މިހާރު ކިޔާލެވޭނެއެވެ.

"ދެން" އަކީ މިހާރު ރާއްޖޭގެ ކިޔުންތެރިންގެ މެދުގައި 5 ވަނަ އަށް އެންމެ މަގުބޫލު ނޫހެވެ.

"ދެން" އިން ރާއްޖޭގެ 5 ވަނައަށް އެންމެ މަގުބޫލު ނޫހުގެ މަގާމު ހޯދައިފައިވާއިރު، އެ ކާމިޔާބީއާ އެކު އިތުރު ސެގްމަންޓް ތަކެއްވެސް ގެނެސްދިނުމަށް ދަނީ ތައްޔާރު ވަމުންނެެވެ. އެގޮތުން، ފާހަގަ ކޮށްލެވޭ މޮޅެތި ލިޔުންތެރިންގެ ލިޔުންތައް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ދެން ގެ ފަރާތުން ހާއްސަ "ކޮލަމް" ގެނެސް ދިނުމަށް ދަނީ ތައްޔާރު ވަމުންނެވެ.

"ދެން"ގެ އުއްމީދަަކީ ކިޔުންތެރީންގެ މެދުގައި މި ނޫހުގެ މަގުބޫލުކަން އިތުރު ކުރުމެވެ. "ދެން" ކިޔުންތެރިންނާ ހަމަޔަށް އައިސްފައި ވަނީ މިއަހަރުގެ ޖެނުއަރީގައެވެ. "ދެން"ގެ ކުރި އެރުމަށް ކިޔުންތެރިންގެ ފަރާތުން އަބަދުމެ ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާ ކުރަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!