ދަރިފުޅު މާގިނައިން ބޭރަށް ދާތީ މި ބައްޕަ ކުރި ކަންތައް އެނގޭތަ؟ ވަރަށް ވެސް މޮޅު

ކުޑަ ކުދިން މާގިނައިން ބޭރުގައި އުޅޭތީ އެ ކުދިންގެ މައިންބަފައިން ވަރަށް އެއްޗެހި ކިޔާނެއެވެ. ރުޅި އައިސްގެނެއް ނޫނެވެ. ހަމަ އެކުއްޖާ ދެކެ ވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. އެހެން ނަމަވެސް މި ފިރިހެން މީހާ އޭނަގެ ދަރިފުޅު ބޭރަށް ދާތީ ކަންތައް ކުރީ މާ ލޯބިންނެވެ. އަދި އެހާމެ ތަފާތުކޮށެވެ.
މި މީހާއަކީ އިންޑިއާގެ، އަވަށެއްގައި ދިރިއުޅެމުން އަންނަ އެކަނިވެރި ބައްޕައެކެވެ. އަނތްބަކާ ނުލާ އުޅެމުން އަންނަ މީހެކެވެ. ދަރިފުޅު ބަލަމުން ގެންދިޔައީ ވަރަށް ލޯބިންނެވެ. ކުއްލިއަކަށް ދަރިފުޅު މާގިނައިން ބޭރަށް ދާކަމަށް ފާހަގަ ކުރެވުމުން އެންމެ ފުރަތަމަ ބެލީ ދަނީ ކޮންތާކަށް ތޯއެވެ. އަދި ދާ ތާކުން އަންނަނީ ތެމިގެން ކަމުން ކޮންމެ ވެސް މޫދަކަށް އެރިގެން އަންނަކަން ވެސް ފާހަގަ ކުރެވުނެވެ. ދަރިފުޅުގެ އުމުރުން އެންމެ 6 އަހަރު ކަމުން ވާނުވާ ބަލަން ބޭނުންވާނެ ތާއެވެ.
ކޮންމެއަކަސް ބެލި ބެލުމުގައި އެ ފިރިހެންމީހާ ވަރަށް ހައިރާންވެއްޖެއެވެ. ދަރިފުޅު ކޮންމެ ދުވަހަކު ގޮސް އެރެނީ ގެއާ ތަންކޮޅެއް ދުރުގައިވާ ކޯރަކަށެވެ. ދަރިފުޅު ގާތުގައި އެބައްޕަ އެހެން އެ ހަދަނީ ކިހިނެއް ވެގެންތޯ އަހާލުމުން ދަރިފުޅު ބުނީ އެފަދަ ފެންގަނޑަކަށް ވަރަށް އެރޭހިތްވާ ކަމަށާއި، އެފަދަ ފެންގަނޑެއް ހުންނަ ނަމަ ބޭރަށް ނުދާނޭ ކަމަށެވެ.
އެކަނިވެރި އެބައްޕަ ދެން ނިންމީ ގޭގައި ކުޑަވަރެއްގެ ޕޫލެއް ރާނާށެވެ. ރޭނޭނެހާ ފެންވަރު ނެތުމުން ދެން އެ ބައްޕަ ކުރި ކަމަކީ ވަޅުގަނޑެއް ކޮނުމަށްފަހު، އެވަޅުގަނޑުން ފެން ނުހިނދޭނެ ގޮތަށް އޮނު ޖަހައި ބަންދު ކުރުމަށް ފަހު، އެ ޕޫލު އެއްކޮށް ފުރެންދެން ފެން އެޅީއެވެ.
މިއީ ދަރިފުޅު މާގިނައިން ބޭރަށްދާތީ އެދަރިފުޅުގެ ބައްޕަ ކުރި ވަރަށް ވިސްނުންތެރި ކަމެކެވެ. ދަރިފުޅު ބޭރަށް ދާން ބޭނުންވީ މޫދަށް އެރޭށެވެ. އެންމެ ފަހުން މޫދު އެ ގެނައީ ގެއަށެވެ. ބައްޕައެއްގެ ގުރުބާނީގެ ލާމަސީލު މިސާލެކެވެ.
ވަރަށް ލޯބި